ދިވެހިރާއްޖެ
ނަމްބަރ: (IUL)MRH-MNT/MRH/2021/27 އިޢުލާން
ގުދަނެއް ހަދައި ދޭނެ ފަރާތެއް ހޯދުން.
މުލީ ރީޖަނަލް ހޮސްޕިޓަލްއަށް ގުދަނެއް ހަދައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ ހޮސްޕިޓަލް އިން ދޭ މައުލޫމާތާއި އެއްގޮތައް އަމިށްލަތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން 28 ސެޕްޓެމްބަރ 2021ވާ އަންގާރަ ދުވަހު13:00ށް ހޮސްޕިޓަލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ 10:30 ށް ހޮސްޕިޓަލް އޮފީހަށް އަންދާސީ ހިސާބު ހިޢްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ.މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަމްބަރ 2014/18)ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ތަކާއި މަޢުލޫމާތު ފުރިހަމަނުވާފަރާތްތަކުގެ އަންދާސީހިސާބު ބާތިލްކުރެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައެވެ.އަދި އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6720605 އެވެ.
23 ސެޕްޓެމްބަރ 2021