ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މިކޯޕަރޭޝަނުގައި ހުރި ބައެއްތަކެތި ނީލަމުގައި ވިއްކާލުން

 އިޢުލާން

 

                                                                       ނަންބަރ:HDC (161)-ACF/IU/2021/491

މިކޯޕަރޭޝަނުގައި ހުރި ބައެއްތަކެތި ނީލަމުގައި ވިއްކާލުން

       މިކޯޕަރޭޝަނުގައި ހުރި ބައެއްތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.

1- ނީލަންކިޔާ ތަކެތި ބެލުމާއި މަޢުލޫމާތު ސާފުކުރުން:

- ނީލަންކިޔަން ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން، 26 ސެޕްޓެންބަރު 2021 ވަނަދުވަހުގެ 14:00 ކުރިން މިކޯޕަރޭޝަންގެ ހެޑްއޮފީސް ރިސެޕްޝަނަށް ވަޑައިގެން ނަން ނޯޓް ކުރެއްވުމަށް އެދެމެވެ.

- ނީލަންކިޔާތަކެތި ދެއްކުމާއި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ނަން ނޯޓު ކުރަށްވާފައިވާ ފަރާތްތަކާއެކު، 27 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި ގާކޮށި ސައިޓް އޮފީސް (މާލެ) ސަރަޙައްދުގައެވެ.

2- ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް

ނީލަންފެށޭ އަގު

ޖުމްލަ

ތަފްޞީލް- ޓެންޕާޑު ގްލާސް

ލޮޓު ނަމްބަރ

21,000.00

 

173

173

370

70

173

195

88

 

2100mm x 1625mm

Varies x 1525mm

450mm x 1325mm

2100mm x 2525mm

2400mm x 2525mm

varies x 1425mm

2100mm x 2525mm

ލޮޓު 01 

 

3- އަގު ހުށަހެޅުން:

- އަގު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، އަގުހުށަހެޅުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އައިޑީ ކާޑުގެ ކޮޕީއަކާ އެކު  ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި މިކޯޕަރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ނީލަމުގައި ބައިވެރިވުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. (އަގު ހުށަހަޅާ ފޯމް 27 ސެޕްޓެންބަރު 2021 ވަނަދުވަހުގެ 10:00 ން ފެށިގެން މިކޯޕަރޭޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ).

- އަގު ހުށަހެޅުއްވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 14:00 ކުރިން ސެކިއުރިޓީ ޑިޕޮސިޓްގެގޮތުގައި -/1000 ރުފިޔާ (އެއްހާސް ރުފިޔާ) ދައްކަވަންވާނެއެވެ.

4- ފައިސާދެއްކުމާއި ތަކެތިގެންދިއުން:

- ލޮޓު ނަމްބަރ  1 ގެ ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2021 ވާބުރާސްފަތި ދުވަހުގެ 14:00 ކުރިން ނީލަމުގައި ތަކެތި ބައްލަވައިގަތުމަށް ހުށަހެޅުއްވި އަގު ދައްކަވަންވާނެއެވެ. އަދި 15 އޮކްޓޫބަރު 2021 ވަނަދުވަހުގެ 16:00 ގެ ކުރިން ތަކެތި ގެންދަވަން ވާނެއެވެ.

- ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ނުދައްކަވައިފިނަމަ ، ދެވަނައަށް އެންމެ ބޮޑު އަގެއް ހުށަހެޅިފަރާތަކަށް ފުރުޞަތުދެވޭނެއެވެ.

-ކަނޑައަޅާފައިވާ މުއްދަތު ތެރޭގައި ތަކެތި ނުގެންދެވިއްޖެނަމަ، ނުގެންދެވިވާތަކެތި މި ކޯޕަރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ.

މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިކޯޕަރޭޝަނުގެ 3355345 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

15 ޞަފަރް 1443

22  ސެޕްޓެންބަރު 2021

 

23 ސެޕްޓެންބަރު 2021
ހޯދާ