ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑެންޓަލް އޮފިސަރ

އިޢުލާނު

މަޤާމު:

ޑެންޓަލް އޮފިސަރ

ބޭނުންވާ އަދަދު:

01  (އެކެއް)

މަޤާމުގެ ނަމްބަރ

J-279696

މަޤާމުގެ ގިންތި:

ދާއިމީ

އޮފީސް

ހއ އަތޮޅު ހޮސްޕިޓަލް

މަޤާމުގެ ކްލެސިފިކޭޝަން:

ޑެންޓިސްޓް  ( ޖެނެރަލް )

 

މަސައްކަތް ކުރަންޖެހޭ ތަން

ހއ އަތޮޅު ހޮސްޕިޓަލް

މަޤާމް

 

 

 

 

 

ޑެންޓަލް އޮފިސަރ

 

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ)

ސަރވިސް އެލަވަންސް،މަހަކު (ރުފިޔާ)

CS12-1

މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ބީ.ޑީ.އެސް ނުވަތަ ބީ.ޑީ.އެސްއާ އެއްފެންވަރުގެ ޑިގްރީއެއް ހާސިލް ކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަ ކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

-/15090

-/8250

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ޑެންޓަލް ސަރވިސް

ތައުލީމީ ރޮނގުތައް

  • ޑެންޓިސްޓްރީ

 

އެހެނިހެން އެލަވަންސް:

  1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2.  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3.  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4.  މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ބަލިމިހާއާއި އޭނާގެ އާއިލާއާއި ވާހަކަދައްކާ އެކްސްރޭ، ކުޅުގެ ޓެސްޓްތައް ހަދައި ދަތްޕިލައާއި ކަތުރުކަށިގަނޑާއި މިތަންތަނާ ގުޅުންހުރި ބަލިތަކުގެ ބަލިތަކާ، ހަނިއްކަތަކާ އުފެދުމުގައިހުރި އުނިކަންތައްތައް ދެނެގަތުން.

2- އަނގައިގެ ބަލިތަކުން ރައްކާތެރިކޮށް ދުޅަހެޔޮކަންދެމެހެއްޓުމަށް ދަތްތަކާ ހިރުގަނޑަށް ފަރުވާދީ އާންމުން ހޭލުންތެރިވުން.

3- ދަތުގެ ފަރުވާދުނުމުގައި ބަލިމީހާއަށް ތަދު އިހުސާސްކުރެވޭ މިންވަރު ކުޑަކުރުމަށް އައްސިކުރުމާއި ޑެންޓިސްޓްރީ ޕްރޮސީޖަރުތަކަށްފަހު ތަދު މަޑުކުރުމަށް ފަރުވާދިނުން.

4- ހަލާކުވެފައިވާ ދަތާއި ފަނިކައިފަ ހުންނަ ދަތްތައް ރަނގަޅުކުރުމަށް އިންޕްލާންޓް، ކްރައުން އަދި ބްރިޖް ރަނގަޅުކުރުމް އަދި އޯތިޑޮންޓިކްސް ފަރުވާ ފަދަ ފަރުވާ ދިނުން.

5- ދަތް އުފުރުމާ ބައޮޕްސީހެދުމާ އޯތޮޑޮންޓިކްސްފަދަ މެޑިކަލް އޮޕަރޭޝަން ހިމެނޭ ފަރުވާ ދިނުން.

6- ޑެންޓަލް ޕްރޮސްތެސިސް ހެދުމަށް ބޭނުންވާ ސައިޒާއި ބައްޓަން ކަނޑައެޅުމަށް ދަތްޕިލައާއި ކަތުރުކަށިގަނޑުގެ ނިންތަކާއި އިމްޕްރެޝަން ނެގުން.

7- ދަތުގެ ފަރުވާއަށް ބޭނުންވާ ސްޕޭސް މައިންޓަނަރސްއާއި ބްރިޖްފަދަ ތަކެތި ޑިޒައިންކުރުމާއި އެތަކެތި ހެދުމާ ބަލިމީހާގެ އަނަގައިގައި ހަރުކުރުމާއި ޑެންޓަލް ޕްރޮސްތެޓތިކް ޓެކްނިޝަނުންނަށް ބޭނުންވާ ޕެބްރިކޭޝަން އިރުޝަދާއި ޕްރިސްކްރިޕްޝަން ލިޔެދިނުން.

8- ހަރުކޮށްފައިހުންނަ ވައްތަރާއި ނެގޭ ވައްތަރުގެ ޕްރޮތއޓިކްސް ބޭނުންކޮށްގެން އަނގައިގެ ބޭނުން ފުރިހަމައަށް ހިފޭނެގޮތް ހެދުން.

9-  އަނގައަށް ދިމާވާ ޞިއްޙީ މައްސަލަތަކުގެ އަލީގައި ޑައިބެޓިކްސް ފަދަ އާންމުބަލިތައް ދެނެގަތުމަށް އެހީތެރިވުން.

10- އަނގައިގެ ސާފުތާހިރުކަމާއި ނިއުޓްރިޝަންއާއި އަނގައިގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބަލިމީހާއާއި އާއިލާއަށް މައުލޫމާތުދީ ހޭލުންތެރިކުރުން.

11- ޑެންޓަލް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑެންޓަލް ހައިޖިނިސްޓުން، ޑެންޓަލް އެސިސްޓެންޓުންނާއި ޓީމުގެ އެހެން މީހހުން ސްޕަވައިޒްކުރުން.

12- ޑެންޓިސްޓްރީގެ ހިދުމަތުގައި ގެނގުޅޭ އުސޫލުތަކާ ބެހޭ ދިރާސާތައްކޮށް އެފަދަ މައުލޫމާތު ސައިންޓިފިކް ރިޕޯޓަތަކުގައި ޝާއިރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިހޮސްޕިޓަލްގެ އިދާރީ އޮފީހުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2249
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ)   ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ސެޕްޓެމްބަރ 2021 ވަނަ ދުވަހު 14:00 ގެ ކުރިން، ހއ އަތޮޅުހޮސްޕިޓަލްގެ އިދާރީ އޮފީހަށެވެ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާން އޮންނާނީ 10 އޮކްޓޯބަރ 2021 އާއި 25 އޮކްޓޯބަރ 2021 އާ ދެމެދު، ހއ އަތޮޅުހޮސްޕިޓަލްގެ އިދާރީ އޮފީހުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500053 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

22 ސެޕްޓެންބަރު 2021
ހޯދާ