މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮވިޑް-19 އިމަރޖެންސީ ސަޕޯޓް ޕްރޮޖެކްޓުގެ މަސައްކަތުގައި ޙަރަކާތްތެރިވުމަށް ސަޕޯޓްސްޓާފުން ހޯދުމަށް

ކޮވިޑް-19 އިމަރޖެންސީ ސަޕޯޓް ޕްރޮޖެކްޓުގެ މަސައްކަތުގައި ޙަރަކާތްތެރިވުމަށް ސަޕޯޓްސްޓާފުން ހޯދުމަށް

ދިވެހިސަރުކާރުން ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭގޮތުން ކުރިއަށްގެންދާ ކޮވިޑް-19 އިމަރޖެންސީ ސަޕޯޓް ޕްރޮޖެކްޓުގެ އިދާރީ މަސައްކަތަށް އެހީތެރިވުމަށް ސަޕޯޓް ސްޓަފުން ބޭނުންވެއެވެ. 

 

މާޤާމުގެ ނަން

 ސަޕޯޓް ސްޓާފް

ޢަދަދު

 2

ތަޢުލީމީ ފެންވަރު

 އޭލެވެލް އިންތިހާނުން ތިން މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު، 'ހަޔަރ ސެކަންޑަރީ ސެޓްފިކެޓް' އިމްތިހާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.

ޝަރުތު:

 

- އުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވުން.

- ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

- ކޮމްޕިއުޓަރ އަދި އިންޓަރނެޓްގެ ވަސީލަތްތަކަށް އަހުލުވެރި އަދި އެ ވަސީލަތްތައް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތެއްކަމުގައިވުން.

- ދިވެހިބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމާއި ޓައިޕްކުރަން އެނގޭ ފަރާތެއްކަމުގައިވުން.

- މަސައްކަތަށާއި ވަގުތަށް ފަރުވާ ބަހައްޓައިގެން މަސައްކަތްކުރެވޭ ފަރާތެއްކަމުގައިވުން.

(ނޯޓް: ވޮލަންޓިއަރުން އިޚްތިޔާރުކުރުމުގައި އިދާރީ މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި، އިންކަމް ސަޕޯޓް އެލަވަންސް ޕްރޮގްރާމުގައި ކުރިން އުޅެފައިވާ ފަރާތްތަކާއި،  ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)  

މައިގަނޑު މަސްއޫލިއްޔަތުތައް:

- ކޮވިޑް-19 އިމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ކޮމްޕޮނެންޓްI  އަދި ކޮމްޕޮނެންޓް II ގެ އިދާރީ ކަންކަންކުރުން.

- އިންކަމް ސަޕޯޓަށް އެދި ހުށަހަޅާފައިވާ މަޢުލޫމާތުތަކުގެ "ޑޭޓާ ކްލީނިންގ" ގެ މަސައްކަތްކުރުން

- ދުވަހުން ދުވަހަށް ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ނިންމުމާއި ހަވާލުވެ ހުންނަ ސުޕަވައިޒަރ އަށް ރިޕޯޓްކުރުން.

- އިންކަމް ސަޕޯޓް އެލަވަންސް އަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، އެ މަޢުލޫމާތުތައް ރައްކާތެރިކަމާއި އަމާނާންތެރިކަމާއެކު ބެލެހެއްޓުން.

އެލަވަންސް:

 މަހަކު -/7000 ރުފިޔާ

ސުންގަޑި

 28 ސެޕްޓެމްބަރ 2021، 12:00 ގެ ކުރިން

 

އިންކަމް ސަޕޯޓް އެލަވަންސް ގެ މަސައްކަތަށް ވޮލަންޓިއަރ ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނު ގެޒެޓުކުރެވޭތާ 5 ދުވަސް ތެރޭގައި މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ 'ސަޕޯޓް ސްޓާފް އިންފޮމޭޝަން ފޯމް' ފުރިހަމަ ކުރެއްވުމަށްފަހު، ތިރީގައިވާ ލިޔެކިޔުންތަކާއެކު މި މިނިސްޓްރީގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންވީ ލިޔެކިޔުންތައް: މަޢުލޫމާތު ފޯމް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވަނަވަރު، ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކުގެ ކޮޕީ (ސަނަދުތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖަހާފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00-14:00 ދެމެދު މިނިސްޓރީގެ ރިސެޕްޝަން ގެ ނަންބަރު 3323668 ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

22 ސެޕްޓެންބަރު 2021
ހޯދާ