ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތް
މާލެ، ދިވެހިރާއްޖެ
އިޢުލާން
މެޑިކަލް ކޮންސިއުމަބަލްސް ރަޖިސްޓްރީ ކުރުމަށް މި އޮތޯރިޓީންކޮށްފައިވާ އިޢުލާން ( ނަންބަރ: (IUL)182-MTG/2020/13 - 27 އޮގަސްޓް 2020 ) އާއި (ނަންބަރު:3 ( IUL) /182/182/202109 މާރޗް 2021 )ގައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި ،ވަރަށް ގިނަ ފަރާތްތަކުން އެދެމުން ގެންދާތީ، މިކަމަށް ތައްޔާރުވުމަށް އިތުރުފުރުސަތު ދިނުމުގެ ގޮތުން ، ރަޖިސްޓްރީކުރުމަށް ދީފައިވާ މުއްދަތު 06 (30 މާރޗް 2022 ) މަސް ދުވަހު ގެ ނިޔަލަށް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ.
އެހެންކަމުން ރާއްޖެއަށް މެޑިކަލް ކޮންސިއުމަބަލްސް އިމްޕޯޓްކޮށް އަދި ވިޔަފާރި ކުރެވޭނީ މި އޮތޯރިޓީގައި ރަޖިސްޓްރީކޮށްގެން ކަމުގައި ދެންނެވީމެވެ. އަދި މެޑިކަލް ކޮންސިއުމަބަލްސް އިވެލުއޭޓްކޮށް ރަޖިސްޓްރީ ކުރުމަށް ، މަސައްކަތު 90 ދުވަސް ނާގާނެ ކަމަށްވާތީ ވަގުތު އޮއްވާ ރަޖިސްޓްރޭޝަނަށް ހުށަހެޅުމަށް ވެސް ދެންނެވީމެވެ.
މިކަމާބެހޭ މައުލޫމާތު މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އިން ލިބިވަޑައިގަންނަވާނެ އެވެ.
