މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ހަދަންބޭނުންވާ ސަރަހައްދުތަކުގެ ބިންތައް ސާފުކުރުމާއި ގުޅޭ

އިޢުލާން

 

މަގު ހަދަންބޭނުންވާ ސަރަހައްދުތަކުގެ ބިންތައް ސާފުކުރުމާއި ގުޅޭ

 

ކުރިންދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ވަދެނިކުމެ ހެދުމަށް މަގެއްނެތް ސަރަހައްދުތަކުން މަގު ހެދުމަށް ނެގޭ ގޯތިތެރޭގައި ހުންނަ ތަކެތި އަމިއްލަ ތަކެތީގައި ނަގާ އުކާލަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ސެޕްޓެންބަރު 27ވާ ހޯމަ ދުވަހުގެ 11:00އަށް، މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ، 2021 ސެޕްޓެންބަރު 30ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިއިދާރާއަށް ޚާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑީގައި ޚާޒިރުނުވާ ފަރާތްތަކަށާއި ، ގަޑި ޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. އަދި މައުލޫމާތު ސާފުކުރާ ފަރާތްނޫން އެހެން ފަރާތެއް އަންދާސީ ހިސާބު ހުށަހެޅުމަށް ޚާޒިރުވާނަމަ އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ޚާޒިރުވުމަށް ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށްއަންގާ އިޢުލާނު ކުރީމެވެ.

            14    ޞަފަރު   1443

            21  ސެޕްޓެންބަރު  2021

21 ސެޕްޓެންބަރު 2021
ހޯދާ