އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއަރ ކޮންޑިޝަންތައް ސާރވިސްކޮށް ބަލަހައްޓާއިދޭނެ ފަރާތެއް ހޯދުމަށް
އެއަރ ކޮންޑިޝަންތައް ސާރވިސްކޮށް ބަލަހައްޓާއިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
- މި ސްކޫލުގެ އެއަރ ކޮންޑިޝަންތައް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 ސެޕްޓެމްބަރ 22 ން 2021 ސެޕްޓެމްބަރ 30 14.00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
https://forms.gle/HQUF7cA8rgE8FwBA7
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޮކްޓޫބަރ 3 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021 އޮކްޓޫބަރ 6 ވަނަ ދުވަހުގެ 11:00 ގައި އަމީނިއްޔާ ސުކޫލުގެ ހޯލުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އަމީނިއްޔާ ސްކޫލް
ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ
ފޯން: 3325762، 3323247
އީ-މެއިލް: [email protected]
22 ސެޕްޓެންބަރު 2021
ހޯދާ
