މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުދަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ގުދަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ރ. ވާދޫ ކައުންސިލްގެ ގުދަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ، ޝަރުތު ހަމަވާ ފަރާތްތަކުން، 2021 ސެޕްޓެމްބަރ 19 ވަނަ ދުވަހުން ފެށިގެން 2021 ސެޕްޓެމްބަރ 23 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު  10:00 އިން 12:00 އަށް) ނަންނޯޓު ކުރުމަށް ދަންނަވަމެވެ. ނަންނޯޓުކުރައްވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ހަވާލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

 މި މަސައްކަތާއި ގުޅިގެން ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކުން އިތުރަށް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2021 ސެޕްޓެމްބަރ 23 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 12:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. އަދި 2021 ސެޕްޓެމްބަރ 28 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބުތައް ކެންޑުން އޮންނާނީ 2021 ސެޕްޓެމްބަރ 28 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:01 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގަ އެވެ.

 

އަދި ދަންނަވަމެވެ. މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައެވެ. އަދި އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވަންވާނީ، ނަންނޯޓުކޮށްފައިވާ ފަރާތުގެ ނަމުގައެވެ.

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 2021 ސެޕްޓެމްބަރ 28 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގެ ނިޔަލަށް މިއިދާރާގެ ނަންބަރު 4000299 ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

12  ޞަފަރު  1443

19 ސެޕްޓެމްބަރ 2021

19 ސެޕްޓެންބަރު 2021
ހޯދާ