ދިވެހިރާއްޖެ
އިޢުލާން
ނަމްބަރ: (IUL)GS34/2021/14
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި މަދަރުސާގެ އިޢުލާން ނަމްބަރު (IUL)GS34/2021/11 (01 ޖުލައި 2021( އަށް ހުށަހެޅިފައިވާ އެސްޓިމޭޓްތައް އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލްކޮށް އަލުން ބިޑްހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަސައްކަތް
މަދަރުސާގެ ލައިބްރަރީއާއި ސައިންސް ލެބް މަރާމާތުކުރުން.
ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަތީގައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ޙާޟިރުވެލައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބީލަމަށް ނަންނޯޓްކުރުމާއި، ބީލަންފޮތް ޙަވާލުކުރުން |
2021 ސެޕްޓެމްބަރ 21 އިން 2021 ސެޕްޓެމްބަރ 27 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00އަށް. |
މަސައްކަތުގެ މަޢުލޫމާތާއި ސައިޓް ޗެކްކުރުން. |
2021 ސެޕްޓެމްބަރ 21 އިން 2021 ސެޕްޓެމްބަރ 27 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00އަށް. |
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން |
2021 ސެޕްޓެމްބަރ 30 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި ށ.އަތޮޅު މަދަރުސާގައި. |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ، (19/2014) ، (10/96) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " މަދަރުސާގެ ލައިބްރަރީއާއި ސައިންސް ލެބް މަރާމާތުކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ށ.އަތޮޅު މަދަރުސާ
ށ.ކަނޑިތީމު
ފޯން: .6540059
އީ-މެއިލް: [email protected]
އަދި ދަންނަވެމެވެ. މި ޕްރޮޖެކްޓްގެ ބީލަމަށް ނަންނޯޓ ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
14 ޞަފަރު 1443
21 ސެޕްޓެމްބަރ 2021