ދިވެހިރާއްޖެ
ރުއް ގަސްތަކުގެ ވެރިފަރާތް ހޯދުމަށް
ސްޓެޓިކް އިމާރާތުން ފެށިގެން ރަށުގެ އުތުރުކޮޅަށް (ރެހާގަނޑާ ސަރަހައްދު) ދިއުމަށް މަގެއް ހެދުމަށް މި ދެންނެވި ސަރަހައްދުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތް ހޯދުމަށް މިވަނީ ބޭނުންވެފައެވެ.
ވީމާ މިދެންނެވި ސަރަހައްދުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތެއް ވާނަމަ 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ރުއްގަސްތަކުގެ އަދަދު އެނގޭގޮތަށް ސިޓީއަކުން މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީ ހުށަހެޅުއްވި ކަމުގައިވިޔަސް ކައުންސިލްގެ އިދާރާގެ ރުއްގަހުގެ ރަޖިސްޓްރީގައި ނެތް ރުއްގަސްތަކުގެ ބަދަލު ހަމަޖައްސަވައި ދެވެން ނޯންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
އީމެއިލް ކުރައްވާނަމާ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މިދެންނެވި ތާރީޚާއި ހަމައަށް އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅާފައި ނުވާނަމަ މި ދެންނެވި ސަރަހައްދުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތް ނެތްކަމަށް ބަލައި ނައްތާލެވޭނެއެވެ.