ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ބޭނުމަށް ކޮމްޕިއުޓަރ ސިސްޓަމް އާއި ޑިވައިސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)438-CCD/438/2021/55 (26 އޭޕްރިލް 2021) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވުމުން، އެއިޢުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީން އަރުވަމެވެ.
މި މަސައްކަތާއި ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަ ކުރެވިފައި ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅާނީ 29 ސެޕްޓެމްބަރ 2021 ވަނަ ދުވަހު 11:00 ގެ ކުރިން މިނިސްޓްރީގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 29 ސެޕްޓެމްބަރ 2021 ވަނަ ދުވަހު 11:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
Do not open before 11:00AM on 29th September 2021-Procurement of Computer and Devices - (IUL) 438-CCD/438/2021/258
ޕްރޮކިއުމަންޓް ސެކްޝަން،
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
ކޮމްޕިއުޓަރ ސިސްޓަމް އާއި ޑިވައިސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާނު ނަންބަރު: (IUL)438-CCD/438/2021/258
ހުށަހެޅީ؛
(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)
(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް)
ނޯޓް:
ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.