ދިވެހިރާއްޖެ
އިޢުލާން
އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާއި ގުޅޭ "މޮނިޓަރިންގ އެންޑް އިވެލުއޭޝަން ފްރޭމްވޯކް" އެއް ޤާއިމްކުރުމަށް ކޮންސަލްޓެންޓެއް ހޯދުމަށް ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރުމާއި ގުޅޭ.
މި އެޖެންސީއިން ކުރިއަށްގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާ ގުޅޭ "މޮނިޓަރިންގ އެންޑް އިވެލުއޭޝަން ފްރޭމްވޯކް" އެއް އެކުލަވާލުމުގެ މަސައްކަތްކުރާނެ ކޮންސަލްޓަންޓެއް ހޯދުމަށް މި އެޖެންސީއިން 05 ސެޕްޓެންބަރު 2021 ގައި ކުރި އިއުލާން ނަންބަރު (IUL)199-PLS/199/2021/31 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ކޮންސަލްޓަންޓުގެ ކިބައިގައި ހުންނަންޖެހޭ ތައުލީމާއި، ތަޖުރިބާ، މަސައްކަތުގެ މުއްދަތާއި އަދި އުޖޫރަ މި އިޢުލާނާއި އެކުގައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) ގައި ބަޔާންކުރެވިފައިވާނެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކުރާ އެންމެހާ ލިޔެކިޔުންތަކާއިއެކު 2021 ސެޕްޓެންބަރު 29 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ލިޔެކިޔުންތައް [email protected]އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.
ކޮންސަލްޓެންޓުން ހޮވުމުގައި ބަލާނެ ކަންތައްތައް
ތައުލީމީ ފެންވަރު އަދި ތަޖުރިބާ - %60
ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއި ކުރެވޭ އިންޓަވިއު - %40
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.