ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ އިމާމުން/ މުދިމުންގެ ޕޫލް އެކުލަވާލުމަށް އިމާމުން/ މުދިމުން ހޯދުމަށް

ވަގުތީ އިމާމުން/ މުދިމުންގެ ޕޫލް އެކުލަވާލުމަށް އިމާމުން/ މުދިމުން ހޯދުމަށް

 

     ގދ.މަޑަވެލި މިސްކިތްތަކުގެ އިމާމުން އަހަރީ ޗުއްޓީ، ޢާއިލީ ޒިންމާގެ ޗުއްޓީ ނުވަތަ ސަލާމް ބުނުމުން، ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް ވޭޖް އެމްޕުލޯއިމަންޓްގެ އުޞޫލުން ޕޫލް އެކުލަވާލުމަށްޓަކައި މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް

އިމާމު / މުދިމް

ބޭނުންވާ އަދަދު:

01 (އެކެއް)

ޕޫލްގެ މުއްދަތު:

01 އޮކްޓޯބަރ 2021 އިން 31 ޑިސެމްބަރ 2021

އުޖޫރަ:

  • އިމާމް ޝަރުތު ހަމަވާނަމަ ކޮންމެ ނަމާދު ވަގުތަކަށް 61.00 ރުފިޔާ
  • މުދިމް ޝަރުތު (ޤުރުއާން ރީއްޗަށް ކިޔަވަން އެގުން، ބަންގި ގޮވުމާއި، ނަމާދުކުރަން އެގޭ ފަރާތަކަށްވުން) ހަމަވާނަމަ ކޮންމެ ނަމާދު ވަގުތަކަށް 53.00 ރުފިޔާ

މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން:

ގދ. މަޑަވެލި މަސްޖިދުއް ތަޤުވާ މިސްކިތް

ގދ.މަޑަވެލި މަސްޖިދުލް ބަރަކާތް މިސްކިތް

މަޤާމުގެ ޝަރުޠު:

  1. މުދިމްކަމުގެ ސަނަދު ނުވަތަ އިމާމުން ތަމްރީންކުރާ ކޯހުގެ ލެވެލް 1، 2، 3 ގެ ސެޓްފިކެޓްއެއް ލިބިފައިވުން ނުވަތަ އެފަދަ ކޯހެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ނުވަތަ މިސްކިތުގެ ވަގުތު ބަންގިގޮވާ އިމާމުވެ ނަމާދުކުރުމުގެ ތަޖްރިބާ ލިބިފައިވާ މީހަކަށްވުން.
  2. އުމުރުން 18 އަހަރުން މަތީގެ މީހެއް ކަމުގައި ވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންތައް ހުރިނެތްގޮތް ބަލާ ރަނގަޅު ކުރުމަށްފަހު ނަމާދު ވަގުތު ޖެހުމުން ވަގުތު ބަންގިގޮވައި އިމާމްވެ ނަމާދުކުރުން.
  2. މިސްކިތް ސާފުކުރާ މުވައްޒަފުންގެ މަސައްކަތް ހިނގާގޮތް ދުވަހުން ދުވަހަށް ސުޕަވައިޒުކޮށް ބެލެހެއްޓުން.

ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. ލިބިފައިވާ ސަނަދު، ސެޓްފިކެޓްތަކުގެ ކޮޕީ.
  3. އައި.ޑީ ކާޑުގެ ކޮޕީ.
  4. ކުރިން އެހެން ވަޒީފާއެއްގައި އުޅެފައިވާނަމަ ވަޒީފާ އަދާކުރިކަމުގެ ލިޔުން.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދޭ ފަރާތްތަކުން 29 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ވަޒީފާއަށް އެދި މިއިދާރާއަށް ސިޓީ ހުށަހަޅަން ވާނެއެވެ.

 

 

އިތުރު މަޢުލޫމާތު:

ވޭޖް އިމްޕްލޯއިމަންޓްގެ ދަށުން މިސްކިތު އިމާމުން ނުވަތަ މުދިމުން ބޭނުންވަނީ 01 އޮކްޓޯބަރ 2021 އިން 31 ޑިސެންބަރު 2021ގެ ނިޔަލަށް ދާއިމީ މިސްކިތު އިމާމުން އަހަރީ ޗުއްޓީ، ސަލާމް އަދި ޢާއިލީ ޒިންމާގެ ޗުއްޓީ ނެގުމުން އެދުވަސްތަކުގައި ވަގުތީގޮތުން މަސްޖިދުއް ތަޤުވާ/ބަރަކާތު މިސްކިތުގައި އިމާމުވެ ނަމާދުކުރުމަށެވެ.

 

20 ސެޕްޓެންބަރު 2021
ހޯދާ