މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މިނިސްޓްރީގެ މީޓިންގް ރޫމްއަށް އޮފީސް ގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

މިނިސްޓްރީގެ މީޓިންގް ރޫމްއަށް އޮފީސް ގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީގެ މީޓިންގް ރޫމްއަށް ބޭނުންވާ އޮފީސް ގޮނޑި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މި މަސައްކަތްކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން 29 ސެޕްޓެމްބަރު 2021 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޗަނބޭލީ ވިލާ (ކުރީގެ ސްޓާ ސިނަމާ ބިލްޑިންގ)، މަޖީދީމަގު، 03 ވަނަ ފަންފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ކަނޑައަޅާފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާ ދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

20 ސެޕްޓެންބަރު 2021
ހޯދާ