މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ތަރައްޤީ ކުރުން

                                                              ނަންބަރ: (IUL)274/INDIV/2021/59

 

އިޢުލާން

ބީލަންހުށަހެޅުމުގެ ދަޢުވަތު:

               ޕްރީސްކޫލް މަރާމާތު ކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތައް ބީލަންހުށަހެޅުމުގެ   ދަޢުވަތު  މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެ އެންމެހާފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތައް  ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައި ވާނެއެވެ.

 

               ބީލަމާއި ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 22 ސެޕްޓެމްބަރ 2021 ވާ ބުދަދުވަހުގެ 10:00 ގައި މިއިދާރާގެ މީޓިންގްރޫމުގައި އޮންނާނެއެވެ. މިބީލަމާއިގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ 27 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ސުވާލުތަކަށް ދެވޭ ޖަވާބުތައް އެދުވަހުގެ 14:00ގެ ކުރިން ފޮނުވޭނެއެވެ. މި ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެ އެވެ.

 

                ބީލަންބަލައިގަތުން އަދި ހުޅުވުން އޮންނާނީ 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި މިއިދާރާގެ މީޓިންގްރޫމުގައެވެ. ބީލަންތައްހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި،އިޢުލާން/ޕްރޮޖެކްޓް ނަމާއި، ނަމްބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.

 

                ހުށަހަޅާ ބީލަންތައް ވަޒަންކުރާނެ މިންގަނޑާއި، ބީލަމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޟީލް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އިތުރުމަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެވެ.

  • މިލަދުންޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ/ފިނިވާމަގު/ށ.ފޭދޫ
  • އީމެއިލް އެޑްރެސް:[email protected]
  • ވެބްސައިޓް:www.feydhoo.gov.mv

 

                         18 ސެޕްޓެމްބަރ  2021

18 ސެޕްޓެންބަރު 2021
ހޯދާ