އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ސްޓޯރ ކީޕަރ) ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން

ވަޒީފާގެ ފުރުސަތު

މަޤާމް

 ސްޓޯރ ކީޕަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ނަންބަރު:

 MS149

މަޤާމުގެ ގިންތި އާއި މުއްދަތު

 ވަގުތީ (31 ޑިސެންބަރު 2021)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން / އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

 4465.00 ރުފިޔާ

އެލަވަންސް:

 ސްޕެޝަލް ޑިއުޓީ އެލަވެންސް: އަސާސީ މުސާރައިގެ %35

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޯޑަރތައް ނަގައި ބެލެހެއްޓުމާއި ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ޖީ.އާރް.އެފް ހެދުމާއި ހޯދޭ ތަކެތީގެ އަގު ބެލުމާއި ގެނައުމުގެ މަސައްކަތްކުރުން.
  2. ހޯދޭ ތަކެތީގެ ޑެލިވަރީ ހަމަޖެއްސުމާއި އިންވޮއިސްތަކާއި ހޯދޭ ތަކެތި ދިމާވޭތޯ ޗެކްކުރުމާއި ރެޖިސްޓަރ ފޮތް ބެލެހެއްޓުން
  3. ތަކެތީގެ ފިޒިކަލް ކްއަންޓިޓިސް އާއި ފޮތުގައި ލޔެފައިވާ ކުއަންޓިޓީސް ބަލައި ޗެކްކުރުން 
  4. ހޯދޭ ތަކެތީގެ ތެރެއިން ކުއަލިޓީ ދަށް ކުރުމުއްދަތަކުން ހަލާކުވާ ސާމާނުތައް ދެނެގަނެ ހޯދޭތަކެތި ބޭނުންކުރެވޭގޮތުގެ މަޢުލޫމާތުނަގާ ބެލެހެއްޓުން
  5. ތަކެތީގެ ލޮކޭޝަންތައް އައިޑެންޓިފައިކޮށް ލިޔެކިޔުން ބެލެހެއްޓުން
  6. ހަރުމުދަލުގެ އިންވެންޓަރީ ބެލެހެއްޓުމާބެހޭ އެންމެހާ މަސައްކަތްކުރުން
  7. ކޮންމެ މަހަކު އިންވެންޓްރީ ސްޓޮކް ގެ ރިޕޯޓް ތައްޔާރުކުރުން
  8. ވެހިކަލްތަކާއި ހޯދޭ މުދަލާއި ތަކެއްޗަށް ލިބޭ ގެއްލުންތަކާއި އިންސިޑެންޓްތަކުގެ ރިޕޯޓް ތައްޔާރުކޮށް ލިޔެކިޔުން ބެލެހެއްޓުން
  9. އިކުވިމްމަންޓްސް އާއި ޓޫލްސް އަދި ވެހިކަލްތަކަށް ދިމާވާ މައްސަލަތަކުގެ ރިކޯޑް ބެލެހެއްޓުން
  10. ތަކެތި ލިބުނުކަމުގެ ރަސީދު ތައް ބެލެހެއްޓުމާއި އިންވޮއިސްތަކާއި އެހެނިހެން ލިޔެކިޔުންތައް ބަލައްހައްޓައި ފައިސާ ދޫކުރާ ހިސާބުން ހޯދި ތަކެއްޗާއި ގުޅޭގޮތުން ދިމާވާ މައްސަލަތައް ޖަވާބު ދެވޭނެގޮތަށް ލިޔެ ކިޔުން ބެލެހެއްޓުން
  11. ހަވާލުކުރެވޭ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ސުޕަވައިޒަރުގެ ލަފާގެ މަތިން މަސައްކަތްކުރުން

މަޤާމުގެ ޝަރުތުތައް:

 ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް   ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް'   ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު).

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމު %20
  2. ތަޖުރިބާ %35
  3. އިންޓަވިއު %40
  4. ތަމްރީނު %5

ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މަރކްސްގެ ޖުމުލަ 45% (ތިރީސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ސެޕްޓެންބަރު 26 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ސެޕްޓެންބަރު 27 އާއި 2021 އޮކްޓޫބަރު 07 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރާނީ [email protected] އަށެވެ.

12  ޞަފަރު  1443

19 ސެޕްޓެންބަރު 2021
ހޯދާ