އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
އިންޓަރން

މަޤާމް :އިންޓަރން
ބޭނުންވާ އަދަދު :2

 

 

އެންޓިކޮރަޕްޝަން ކޮމިޝަން

މާލެ،

ދިވެހިރާއްޖެ

 

 

 

ވަޒީފާގެ ފުރުޞަތު

ތާރީޚް:

13  ޞަފަރު 1442

20 ސެޕްޓެމްބަރު 2021

ނަންބަރު:

123-A/IUL/2021/74

މަޤާމް:

އިންޓަރން

ކްލެސިފިކޭޝަން:

އިންޓަރން

ވަޒީފާގެ ބާވަތް:

ވަގުތީ

ވަޒީފާގެ މުއްދަތު:

3 މަސް (މި މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމޭނަމަ މުއްދަތު އިތުރު ކުރެވޭނެއެވެ.)

މަސައްކަތް ކުރަންޖެހޭ ތަން:

އެންޓި-ކޮރަޕްޝަން ކޮމިޝަން / މާލެ

މުސާރަ:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/250 ރުފިޔާ

ބޭނުންވާ ޢަދަދު

02 (ދޭއް)

މަޤާމުގެ ޝަރުޠު

  1. ޖީސީއީ އޭލެވަލް ނުވަތަ ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުމާއެކު އެސްއެސްސީ ނުވަތަ އެޗްއެސްސީ އިމްތިޙާނުން  ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.  

 

  1. އުމުރުން 18 އަހަރާއި 55 އަހަރުގެ ދެމެދުގެ މީހަކަށްވުން.
  2. ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)

މައިގަނޑު މަސައްކަތް:

އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ އިދާރީ މަސައްކަތްކުރުން

މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު

  1. ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %25 )
  2. އިމްތިހާން  ( ކަނޑައެޅިފައިވާ އިންސައްތަ %25)
  3. އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )

ޝޯޓް ލިސްޓް ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްކަތުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ހުނަރާއި ޤާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އެޕްލިކޭޝަން ސުންގަޑި:

26 ސެޕްޓެމްބަރު 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި

  1. ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. ( އެންޓި-ކޮރަޕްޝަން    ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. ( ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. ( މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
  6. ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )

އިތުރު މަޢުލޫމާތު

  1. ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ ހ. ސަކީނާ މަންޒިލްގެ 03 ވަނަ  ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމާއެކު ހުށަހަޅާ ލިޔުންތައް ހަމަތޯ ޗެކްކުރުމަކީ އީމެއިލްކުރާ ފަރާތެއްގެ ޒިންމާއެކެވެ. އަދި ފޯމާއެކު ހުށަހަޅާ ލިޔުންތައް ހަމަނުވާނަމަ، އެފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް ފޯމު ލިބުނު ކަމުގެ ރިފަރެންސް ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ޝަރުތު ފުރިހަމަވާނަމަ ރިފަރެންސް ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.  
  3. އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 5 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފާޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
  4.  

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015217 / 3015265

އީމެއިލް: [email protected]

 

         

 

20 ސެޕްޓެންބަރު 2021
ހޯދާ