ދިވެހިރާއްޖެ
ނަންބަރ: WAMCO-BDM/IUL/2021/041
ޢިއުލާން
ކުނި އުކާލުމުގެ ޚިދުމަތަށް ގޭބިސީތަކުން ރަޖިސްޓަރީކުރުމާއި ގުޅޭ
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިކޯޕަރޭޝަނުން ގޭބިސީތަކަށް ފޯރުކޮށްދެމުންދާ ކުނި އުކާލުމުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޚިދުމަތަށް ރަޖިސްޓަރީކުރުމުގެ އުސޫލަށް ވާނީ 7 ސެޕްޓެމްބަރ 2021 އިން ބަދަލުގެނެވިފައެވެ. މިގޮތުން، މިކޯޕަރޭޝަނުން ގޭބިސީތަކަށް ކުރިން ފޯރުކޮށްދެމުންދިޔަ ކުނި ނެގުމުގެ ޚިދުމަތުގެ ތެރޭގައި ހިމެނޭ 'ބިލްޑިންގ' އަދި 'ޑޯސްޓެޕް' ގެ ބަދަލުގައި މިހާރު ކަސްޓަމަރުން ޚިޔާރުކުރައްވަން ޖެހޭނީ 'ބިލްޑިން' އަދި 'ބިލްޑިންގ ޕްލަސް'ގެ ޚިދުމަތެވެ.
މި ދެންނެވުނު ބަދަލާއި ގުޅިގެން، އިމާރާތުގެ ވެރިފަރާތުން ރަޖިސްޓަރީކުރުމަށް އެދިއްޖެ ހާލަތެއްގައި، ކުރިން އެ އިމާރާތުގެ ވަކިވަކި އެޕާޓްމަންޓުތައް ރަޖިސްޓަރީކޮށްފައިވާ ކަސްޓަމަރުންގެ އެކައުންޓްތައް ރަޖިސްޓަރީ އިން އުނިކުރެވިގެންދާނެއެވެ. މީގެ ބަދަލުގައި، އެއް އިމާރާތެއްގައި ދިރިއުޅެމުންދާ ހުރިހާ ގޭބިސީތަކަށް ލިބިލައްވާނީ އިމާރާތުގެ ވެރިފަރާތުން ޚިޔާރުކުރައްވާ، ވެމްކޯއިން އަލަށް ތަޢާރަފްކޮށްފައިވާ ކުނި އުކާލުމުގެ ކޮންމެވެސް އެއް ޚިދުމަތެއް ކަމުގައި ދަންނަވަމެވެ.
މި ގެނެވުނު ބަދަލާއި ގުޅިގެން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކުނި ނެގުމުގެ ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެއެވެ. އަދި މިކަމަށް ކަސްޓަމަރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބޭނެކަމަށް އުންމީދުކުރަމެވެ. މި ކޯޕަރޭޝަންގެ ޚިދުމަތްތަކާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ވެމްކޯގެ ކޯލް ސެންޓަރު — 1666 ހުޅުވިފައި ހުންނަ ވަގުތުގައި ގުޅުއްވުމަށް ދަންނަވަމެވެ.
19 ސެޕްޓެމްބަރ 2021
12 سفر 1443