ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-333610

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ސެކްޝަން/ ޔުނީޓް

މެޑިކަލް ވެލްފެއަރ ޔުނިޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
  5. ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ
  6. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-     ބޭސްފަރުވާގެ އެހީއަށް އެދި އެޖެންސީއަށް ހުށަހަޅާ ފޯމު، ސިޓީ، އިތުރު ލިޔެކިޔުންތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ވެލްފެއަރ ކޮމިޓީއަށް ހުށަހަޅުމުގެ މަސައްކަތް ކުރުން. ވެލްފެއަރ ކޭސް އެންޓްރީ ލިބުމުން ބޭނުންވާ ހުރިހާ ލޔެކިޔުންތަކެއް ހަމަތޯ ބެލުމަށްފަހު، ބޭސް ހޯދުމަށް އެދި ހުށައަޅައި ފޯމު ފިޔަވައި އާސަންދަ ޗެކް ކުރަންޖެހޭ ކޭސްތައް އާސަންދަ ޗެކް ލިސްޓަށް އެޅުން އަދި ރޫޓީން ފޯމް ފުރާ ފޯމް ހުށަހަޅާފައިވާ ފަރާތަށް ގުޅާއިގެން އިތުރު މަޢުލޫމާތު ބޭނުންވާ ނަމަ އެމައުލޫމާތެއް ފުރިހަމަ ކުރުމަށްފަހު އީއެންސްޕާއިން ކޮމެންޓް އެޅުން އަދި އެއަށްފަހު އެދުވަހެއްގައި ލީބޭ ކޭސްތައް ކޮމެޓީއަށް ހުށައެޅުން.

2-     ބޭސްފަރުވާގެ އެހީއަށް އެދި އެޖެންސީއަށް ހުށަހަޅާ ފޯމު، ސިޓީ، އިތުރު ލިޔެކިޔުންތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ވެލްފެއަރ ކޮމިޓީއަށް ހުށަހަޅުމުގެ މަސައްކަތް ކުރުން. މިގޮތުން އެހީ ހަމަނުޖެހޭ ނުވަތަ އިތުރު ލިޔެކިޔުން ބޭނުންވާކަމަށް ކޮމިޓީއިން ނިންމާ ފޯމުތަކުގެ ޖަވާބު އެސް.އެމަ.އެސް ކުރުމާއި ކޭސް ކޮމްޕްލީޓް ކުރުމަށްފަހު ފައިލް ކުރުން.

3-     ރާއްޖެއިން ލިބެން ނުހުންނަ ބޭހަށް އެދި ހުށައަޅާ ފޯމުތައް ޗެކް ކުރުމަށްފަހު ރިކުއެސްޓް ކޮށްފައިވާ ބޭހަކީ ރާއްޖެއިން ލިބެންނެތް ބޭހެއްތޯ ބެލުމަށްފަހު ކޮމިޓީއަށް ހުށަހެޅުން  އަދި ކޮމިޓީއިން ނިންމާ ނިންމުން ފޯމު ހުށައެޅި ފަރާތަށް އެސް.އެމް.އެސް ކުރުމަށްފަހު ބޭސް ގެނައުމަށް ވެންޑަރ އަށް ޕާޗޭސް އޯޑަރ ރެއިޒްކޮށް އެޕްލިކެންޓަށް އެންގުން އަދި ރީފަންޑަށް އެދި ހުށަހަޅާ ކޭސްތަކަށް މެސެޖްކޮށް ފައިސާ ޖަމާކުރުމަށް ބަޖެޓް ސެކްޝަނަށް ފޮނުވުން.

4-     ބޭސްފަރުވާގެ އެހީއަށް އެދި އެޖެންސީއަށް ހުށަހަޅާ ފޯމުތަކުގެ ތެރެއިން  ވެލްފެއަރ ކޮމެޓީ އިން އާސަންދަ މެދުވެރިކޮށް ޓިކެޓް އަދި ހޮސްޕިޓަލްގެ އެހީ ހަމަޖެހިފައިވާ ކޭސްތަކަށް އެސްއެމްއެސް ކުރުމާއި އެހީއަށް އެދުނު ފަރާތަށް ގުޅާ ދަތުރު ކުރައްވާ ރޫޓް އޮޅުންފިލުވުން.

5-     ބޭސްފަރުވާގެ އެހީއަށް އެދި އެޖެންސީއަށް ހުށަހަޅާ ފޯމުތަކުގެ ތެރެއިން ވެލްފެއަރ ކޮމެޓީއިން އާސަންދަ މެދުވެރިކޮށް ޓިކެޓް އަދި ހޮސްޕިޓަލްގެ އެހީ ހަމަޖެހިފައިވާ ކޭސްތަކަށް  ކަވަރ ސިޓީ ލިޔެ، ބޭނުންވާ ލިޔެކިޔުންތައް ސްކޭންކޮށް އާސަންދަ އަށް އީމެއިލް ކުރުން.

6-     ބޭސްފަރުވާގެ އެހީއަށް އެދި އެޖެންސީއަށް ހުށަހަޅާ ފޯމުތަކުގެ ތެރެއިން  ވެލްފެއަރ ކޮމެޓީ އިން އާސަންދަ މެދުވެރިކޮށް ޓިކެޓް އަދި ހޮސްޕިޓަލްގެ އެހީ ހަމަޖެހިފައިވާ ކޭސްތަކަށް އީއެންސްޕާއިން އަޕްޑޭޓްކޮށް ރޫޓީން ފޯމް އަދި ކަވަރ ސިޓީ  އަޕްލޯޑްކޮށް އީއެންސްޕާއިން ކޭސް ކޮމްޕްލީޓްކުރުމާއި ކޭސް ޑީޓެއިލްސް އެކްސްލް އެންޓްރީއަށް އެޅުންމަށްފަހު ކޭސްފައިލްކުރުން.

7-     ކޮމެޓީ އިން ފައިސާގެ އެހީ ދިނުމަށް ނިންމާ ކޭސްތަކަށް އެސްއެމްއެސް ކުރުމަށްފަހު ހުށަހަޅާފައިވާ އެކައުންޓް ސްލިޕްއާއި ފޯރމުގައި ލިޔެފައިވާ ނަންބަރު ދިމާވޭތޯ ޗެކުކުރުން. އަދި އައިޑީކާޑް ހަމަތޯބެލުމަށްފަހު އެސްއެމްއެސްގެ ކޮޕީއެއްނަގާ ވެރިއެއްގެ ސޮއި ކުރުމަށްފަހު އީއެންސްޕާ އަޕްލޯޑް ކޮށް ކޭސް ބަޖެޓަށް އެސައިން ކުރުން.

8-     ރާއްޖޭގެ ސަރުކާރު ހޮސްޕިޓަލަކުން ނުކުރެވޭ އަދި އާސަންދައިގެ ދަށުން ހިދުމަތް ނުލިބޭ ފަރުވާ ތަކުގެ އޮޕަރޭޝަން ޚަރަދު ނުވަތް ބިލް ދެއްކުމަށް އެދި ހުށައަޅާ ފޯމު ހިދުމަތް ލިބެންހުރި ހޮސްޕިޓަލަށް އީމެއިލްކޮށް އޮޕަރޭޝަން ޚަރަދު އަދި ބިލްގެ ތަފްސީލް ހޯދުން. އަދި ސަރުކާރު ހޮސްޕިޓަލަކުން ނުކުރެވޭ ކަމެއްތޯ ކަށަވަރު ކުރުމަށްފަހު ކޮމެޓީއަށް ހުށަހެޅުން.

9-     ރާއްޖޭގެ ސަރުކާރު ހޮސްޕިޓަލަކުން ނުކުރެވޭ އަދި އާސަންދައިގެ ދަށުން ހިދުމަތް ނުލިބޭ ފަރުވާ ތަކުގެ އޮޕަރޭޝަން ޚަރަދު ނުވަތް ބިލް ދެއްކުމަށް އެދި ހުށައަޅާ ފޯމު ކޮމިޓީއިން ނިމުމުން އެސްއެމްއެސްކޮށް ކަވަރ ސިޓީ ލިޔެ ހިދުމަތް ލިބެންހުރި ހޮސްޕިޓަލަށް އީމެއިލްކޮށް ކުރުން. އަދި އީއެންސްޕާއަށް އަޕްލޯޑްކޮށް ކޭސް ބަޖެޓަށް އެސައިން ކުރުން.

10- މެޑިކަލް ވެލްފެއަރ ޔުނިޓުން ތައްޔާރު ކުރަންޖެހޭ ރިޕޯޓުތައް ތައްޔާރު ކުރުން. އެގޮތުން ޑެއިލީ ރިޕޯޓް އަދި ޔައުމިއްޔާ ނަގާ ކޮންމެ ދުވަހެއްގެ 9:00 ގެ ކުރިން ބިއުރޯއަށް އީމެއިލްކުރުން. ކޮންމެ ވަގުތެއްގައިވެސް، ވެލްފެއަރ ސްޓެޓިކްސް ނެގޭ ގޮތަށް ޑޭޓާ ޝީޓްތައް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރެވިފައި ހުރުން.

11- ވެލްފެއަރ ކޮމިޓީން ނިންމާ ކަންތައްތަކުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން. ކޮމިޓީ ޤަވައިދުން ބޭއްވުމުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން. ކޮމިޓީގެ ހާޒިރީ ބަލަހައްޓައި، ކޮމިޓީ ބާއްވާ ގަޑި މެމްބަރުންނަށް އަންގާ، ކޮމިޓީއަށް ހުށައެޅޭ ކޭސްތަކުގެ ލިސްޓް ތައްޔާރުކޮށް، ކޮމިޓީއާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ފައިލް ކުރެވި އަޕްޑޭޓް ކުރެވިފައި ހުރުން.

12- ވެލްފެއަރގެ އެސް.އޯ.ޕީ ގެ ޤަވާއިދުން މަސައްކަތް ރޭވިފައިވާ ގޮތަށް އަންނަ ބަދަލުތަށް އެސް.އޯޕީ އަށް އަޕްޑޭޓް ކުރުން.

މަޤާމުގެ ޝަރުޠުތައް:

އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

އެޑްމިނިސްޓްރޭޝަން

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕްރިފަރޑް ޑިސިޕްލިން ތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ކޯ ޑިސިޕްލިން ތައް

ނެތް

މ މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން

މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2538
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ސެޕްޓެންވަރު 27 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު)އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން، 2021 ސެޕްޓެންބަރު 28 އާއި2021 އޮކްޓޯބަރު 27 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)،ކ.މާލެ  ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

19 ސެޕްޓެންބަރު 2021
ހޯދާ