އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާ އާއި ފެނުގެ ހިދުމަތް ގުޅައިދިނުމަށް އެދޭ ފޯމް ހުށަހެޅުމާ ގުޅޭ

މިކައުންސިލްގެ އިދާރާގެ ނަންބަރު (IUL)355-ESMS/355/2021/33 (25 އޮގަސްޓް 2021) އިއުލާނާ ހަވާލާދީ ދަންނަވަމެވެ. 

ނަރުދަމާ އާއި ފެނުގެ ހިދުމަތް ގޭގެއަށާއި އިންސްޓިޓިއުޓްތަކަށް (ރަށުގައިހުރި ދައުލަތުގެ މުއައްސަސާތަކަށް) ގުޅައި ދިނުމަށް އެދޭ ފޯމް 24 އޮގަސްޓް 2021 އިން ފެށިގެން 23 ސެޕްޓެމްބަރު 2021 ދުވަހުގެ 14:00 ގެ ނިޔަލަށް ފުރިހަމަ ކުރުމަށްފަހު މިކައުންސިލްގެ އިދާރާ އަށް ހުށަހެޅުމަށް ހުޅުވާލެވުނު ފުރުޞަތު 30 ސެޕްޓެމްބަރު 2021 ދުވަހުގެ ނިޔަލަށް ވަނީ އިތުރު ކުރެވިފައެވެ. 

"ފެނުގެ ހިދުމަތަށް ނުވަތަ ނަރުދަމާގެ ހިދުމަތަށް އެދޭ ފޯމް" ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:00 އަށް މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.  

ވީމާ، ނަރުދަމާގެ ހިދުމަތާއި ފެނުގެ ހިދުމަތް ގޭގެ އަށް ގުޅުމަށް އެދިލައްވާ ފަރާތްތަކުން 30 ސެޕްޓެމްބަރު 2021 ދުވަހުގެ 14:00 ގެ ކުރިން، "ފެނުގެ ހިދުމަތަށް ނުވަތަ ނަރުދަމާގެ ހިދުމަތަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުމަށް އާންމުކޮށް އަންގާ އިއުލާންކުރީމެވެ. އަދި 30 ސެޕްޓެމްބަރު 2021 ދުވަހުގެ 14:00 ގެ ފަހުން މިކައުންސިލްގެ އިދާރާ އަށް ހުށަހަޅުއްވާ ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ. 

19 ސެޕްޓެންބަރު 2021
ހޯދާ