ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު: (IUL)310-MS/310/2021/34 އިޢުލާނާއި ގުޅިގެން ހުށަހާފައިވާ އަންދާސީ ހިސާބުތައް އެކަށީގެންވާވަރަށްވުރެ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާތިލްކޮށް، މިރަށުގެ ބަނދަރާއި އިޖްތިމާޢީ ސަރަޙައްދުތައް އަލިކުރުމަށް ޖަހާފައިވާ ބަނދަރު ބައްތިތަކާއި މަގާއި ގޯޅިތައް އަލިކުރުމަށް ޖަހާފައި ހުރި މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް އަލުން، ބިޑް ހުށަހެޅުމުގެ ފުރުޞަތުހުޅުވާލަމެވެ.
މި ބިޑާއިބެހޭ މަޢުލޫމާތު ދިނުން އޮންނާނީ 28 ސެޕްޓެންބަރު 2021 ވާ އަންގާރަ ދުވަހު މެންދުރުކުރި 11:00 ގައި ރ. މީދޫ ކައުންސިލްގެ އިދާރާގައެވެ. އަދި ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ 03 އޮކްޓޫބަރު 2021 ވާ އާދިއްތަ ދުވަހު މެންދުރުކުރި 11:00 ރ.މީދޫ ކައުންސިލް އިދާރާގައެވެ.
އަންދާސީ ހިސާބުގައި މާކުސްދެވޭނެ ބައިތަކާއި މިންގަނޑުތައް ތިރީގައި މިވަނީއެވެ.
- މަސައްކަތުގެ އަގު %85
- މަސަތްކަތުގެ ދާއިރާއިން ލިބިފައިވާ ސަނަދުތަށް
- ތަޖްރިބާ %5
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.