ދިވެހިރާއްޖެ
ޕްރޮޖެކްޓް ކޯޑިނޭޓަރ ފޯރ އެންހެންސިންގ އައި.ސީ.ޓީ ސްކިލްސް "އެމްޕަވަރިންގ ޔޫތް ޕްރޮޖެކްޓް"
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ކުރިޔަށް ގެންދަން ރާވާފައިވާ ޕްރޮޖެކްޓް އެންހެންސިންގ އައި.ސީ.ޓީ ސްކިލްސް އެމްޕަވަރިންގ ޔޫތް މަޝްރޫއު ގެ ދަށުން ޕްރޮޖެކްޓް ކޯޑިނޭޓަރ މަގާމަށް ކުރިމާތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓުގެ ކޮޕީއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ، 26 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެސް އަށް ފޮނުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކޮށް ދެއްވުން އެދި ދަންނަވަމެވެ.
އެޕްލިކޭޝަން ޓައިޓަލް: ޕްރޮޖެކްޓް ކޯޑިނޭޓަރ ފޯރ އެންހެންސިންގ އައި.ސީ.ޓީ ސްކިލްސް "އެމްޕަވަރިންގ ޔޫތް ޕްރޮޖެކްޓް"
ހިއުމަން ރިސޯސް ސެކްޝަން،
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯން: 3018300
ވެބްސައިޓް: www.environment.gov.mv
ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ.
ތާރީހު: 19 ސެޕްޓެމްބަރ 2021