ދިވެހިރާއްޖެ
(IUL)403-A/403/2021/172 :ނަންބަރު
އިޢުލާން
ޕްރީސްކޫލް ދަރިވަރުންގެ ޔުނީފޯމާއި ގުޅޭ
ލ.މާމެންދޫ ރައްޔިތުންގެ ނަމުގައި ކައުންސިލުން ހިންގާ ޕްރީސްކޫލްގެ ދަރިވަރުންނަށް ޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ކުރި މިއިދާރާގެ ނަންބަރު:(IUL)403-A/403/2021/169 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރި ފަރާތްތައް މަދުވުމުގެ ސަބަބުން، އެ އިޢުލާން ބާޠިލްކޮށް 2 ވަނަ ފަހަރަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ، 21 ސެޕްޓެމްބަރު 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް މާމެންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ސެޕްޓެމްބަރު 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިބީލަމާގުޅޭ ބީލަންފޮތް، 22 ސެޕްޓެމްބަރު 2021 ވާ ބުދަ ދުވަހުން ފެށިގެން 28 ސެޕްޓެމްބަރު 2021 ވާ އަންގާރަ ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 ރުފިޔާއެވެ.
މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުގެ ފުރުޞަތު ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.