އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އީ.އެން.ޓީ ޑިޕަރޓްމަންޓަށް ބޭނުންވާ ބައެއް އިކުއިޕްމަންޓް ސަޕްލައިކޮށްދިނުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އީ.އެން.ޓީ ޑިޕަރޓްމަންޓަށް ބޭނުންވާ ބައެއް އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)AEH/AEH/2021/44 އިޢުލާނަށް އެކަށީގެންވާ ބީލަމެއް ހުށަހެޅިފައިނުވާތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް މިފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ސެޕްޓެމްބަރ 2021 އިން ފެށިގެން 23 ސެޕްޓެމްބަރ 2021 ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ.
މި ޢިއުލާނާއި އެކު ރެޖިސްޓްރޭޝަން ފޯމް ގެޒެޓް ކުރެވިފައިވާނެއެވެ. މަސައްކަތުގެ މަޢުލޫމާތު ޝީޓް އަދި ތަކެތީގެ އިތުރު ތަފްސީލް ހިމެނޭ އެނެކްސް 1 ރެޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.
މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2021 ވާ ދުވަހުގެ 13:30ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 05 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 13:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

16 ސެޕްޓެންބަރު 2021
ހޯދާ