ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ހދ ވައިކަރަދޫ ޞިއްޙީ މަރުކަޒުގައި ކުރަން ހުރި ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށް ފަހު 16 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 27 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުގެ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާހުގެ ސޮފްޓް ކޮޕީ ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. މައުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ހޮސްޕިޓަލު މީޓިންގ ރޫމް އަދި ވައިކަރަދޫ ޞިއްޙީ މަރުކަޒު ގައެވެ.
- · މައުލޫމާތު ސާފުކުރުން
28 ސެޕްޓެންބަރު 2021 ވާ އަންގާރަ ދުވަހުގެ 10:30 ގައި
- ·އަންދާސީ ހިސާބު ހުށަހެޅުން
03 އޮކްޓޫބަރު 2021 ވާ އާދީއްތަ ދުވަހުގެ 10:30 ގައި
ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.