ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޮޅިވަރަންފަރުގައި ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމާ ގުޅޭ

                                                            ނަންބަރު: (IUL)262/262/2021/56

އިޢުލާން

 

                      

ނޮޅިވަރަންފަރުގައި ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމާ ގުޅޭ:

 

ހދ.ނޮޅިވަރަންފަރުގައި ކުނި މެނޭޖުކުރުނާ މަރުކަޒު ޢިމަރާތްކޮށް ތަރައްޤީކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ދަޢުވަތު ހުޅުވާލެވެނީ މިބާވަތުގެ މަސައްކަތްކުރުމަށް ދިވެހިރާއްޖޭގައި ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމާއި ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2021  ސެޕްޓެންބަރު  21 ވާ އަންގާރަ ދުވަހުން ފެށިގެން 2021 ސެޕްޓެންބަރު 27 ވާ ހޯމަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2021 ސެޕްޓެންބަރު 29 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ހުށެހެޅުމަށް ރަޖިސްޓރީ ކުރެއްވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ. ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރުން އޮންނާނީ 2021 ސެޕްޓެންބަރު 29 ވާ ހޯމަ ދުވަހުގެ 11:00 ގައި ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާގައެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2021  ސެޕްޓެންބަރު 20 ވާ ހޯމަ ދުވަހުން ފެށިގެން 2021  ސެޕްޓެންބަރު 27 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމަޔަށް ލިބެން ހުންނާނެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލް ކުރެވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2021 އޮކްޓޫބަރ 11 ވާ ހޯމަ ދުވަހުގެ 10:00ގައި ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބިޑް ޑޮކިއުމަންޓް ބަންދުކުރެވިފައި އޮންނަންވާނެގޮތުގެ އިރުޝަދު ބިޑް ޑޮކިއުމަންޓްގައި ބަޔާންކުރެވިފައިވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

16 ސެޕްޓެންބަރު 2021
ހޯދާ