މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާބޯތަކެތީގެ މައުރަޒެއް ބޭއްވުން

ކާބޯތަކެތީގެ މައުރަޒެއް ބޭއްވުން

 

އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން އިސްނަގައިގެން މި ކައުންސިލާއި ގުޅިގެން މިއަހަރުގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުޑްފެއަރ އަކާއި ބުފޭއެއް އެއް ބޭވުމަށް ވަނީ ހަމަޖެހިފައެވެ. ރޭގަނޑު ބޭއްވުމަށް ހަމަޖެހިފައިވާ ބުފޭގައި ކެއުންތައްޔާރުކުރުމަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ އާއްމުކޮށް ހުޅުވާލެވިފައެވެ. އަދި ފުޑްފެއަރ ގައި ބައިވެރި ކުރެވޭނެ ތަކެތި ތިރީގައި މިވަނީއެވެ.

  • ރަށުގައި ހައްދާ ތަކެތި ( ތަރުކާރި، މޭވާ)
  • ނުބައިނުވާގޮތައް ތައްޔާރުކުރާ ތަކެތި ( ތެލުލިފަތް ، ކުޅިރޮށި ފަދަ މިބާވަތުގެ ތަކެތި)
  • މި ހަރަކަތް ބޭއްވޭ ކޮންމެ ދުވަހަކުގެ ހަވީރު ސައި އަދި ހެދިކާ

ވީމާ،މަތީގައިވާ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 19 ސެޕްޓެމްބަރ 2021ން ފެށިގެން 30 ސެޕްޓެމްބަރ 2021ށް ކައުންސިލް އިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. އިތުރު މަޢުލުމާތު ހޯދުމަށް 7974802 އަދި 7363206 މި ދެނަންބަރަށް ގުޅުއްވާލެއްވުން އެދެމެވެ.

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ސެޕްޓެންބަރު 2021
ހޯދާ