ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ކޭސް އޮފިސަރ (ވަގުތީ)

މިއޮފީހުގެ ނަންބަރު  (IUL)196-HR/1/2021/53 (7 ސެޕްޓެންބަރު 2021) އިޢުލާނުގައިވާ މަޤާމަށް އެކަށީގެންވާވަރަށް ބޭފުޅުން ކުރުމަތިލައްވާފައިނުވާތީ، އެ މަޤާމަށް އަލުން އިޢުލާނު ކުރަމެވެ.

މަޤާމް:                އެސިސްޓަންޓް ކޭސް އޮފިސަރ (ވަގުތީ)

ބޭނުންވާ ޢަދަދު:          01 (އެކެއް)

ބޭނުންވާ މުއްދަތު:         06 މަސް

އުޖޫރަ:                ގަޑިއަކަށް -/60 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ވަގުތު:  08:00 އިން 15:00 އަށް  

މަސައްކަތް ކުރަންޖެހޭ ތަން:   ގއ. ގޮފި / ގއ. ވިލިނގިލި

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  މިއޮފީހަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

 

ފެންވަރު ނުވަތަ ޝަރުޠު:  ލަންޑަން ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 23 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

 

ނޯޓް: 1. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.ފޯމް ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 11:00 އިން 12:00 އަށެވެ.

2. މިއޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށްވެސް އެޕްލިކޭޝަން ފޯމް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުވާ ފޯމްތައް އެކަނި ކަމުގައި ދެންނެވީމެވެ.

3. މި މަޤާމުގެ އިންޓަރވިއު އޮންނާނީ ގއ. ގޮފި / ގއ. ވިލިނގިލީގައެވެ.

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1-    ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)

2-    ވަނަވަރު

3-    ދރއ. ކާޑުގެ ކޮޕީ

4-    ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

 

9 ޞަފަރު 1443

16 ސެޕްޓެންބަރު 2021
ހޯދާ