ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ |
ނަންބަރު: 223/1/2021/36(IUL) |
ތާރީޚް: 16 ސެޕްޓެންބަރު 2021 |
މިޓްރައިބިއުނަލްގެ އައިޓީއާއިގުޅޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ޓްރައިބިއުނަލްގެ 2 ވަނަ ފަންގިފިލާގެ ނެޓްވޯރކާއި ފޯން ކަނެކްޝަން އަދި އައިޓީއާއިގުޅޭ އެހެނިހެން މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވާތީ، މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
|
ތަން |
ތާރީޚާއި ގަޑި |
ބީލަން ހުށަހެޅުން |
ޓެކްސް އެޕީލް ޓްރައިބިއުނަލް (ގ.މާގަހަ، 3 ވަނަ ފަންގިފިލާ) |
28 ސެޕްޓެންބަރު 2021، 10:00 ގައި |
މި ބީލަމާ ގުޅިގެން ސައިޓް ވިޒިޓް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި މި ޓްރައިބިއުނަލަށް އެންގުމުން ރަސްމީ ގަޑިތަކުގައި އެ ފުރުސަތު ދެވޭނެއެވެ. އަދި މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާނަމަ، 26 ސެޕްޓެންބަރު 2021 ގެ 13:00 ގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އީމެއިލަށް މެއިލްކުރެއްވުން އެދެމެވެ.
މި ބީލަމާގުޅިގެން ޓްރައިބިއުނަލަށް ވަޑައިގަންނަވާ ފަރާތްތަކުން ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާ އެއްގޮތްވާގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ
09 ޞަފަރު 1443
16 ސެޕްޓެންބަރު 2021