ދިވެހިރާއްޖެ
ނަންބަރ: WAMCO-BDM/IUL/2021/040
ޢިއުލާން
ވޭސްޓް ޓްރާންސްފަރ ސްޓޭޝަނުން އަމިއްލައަށް ޚިދުމަތްހޯދުމާއި ގުޅޭ
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިކޯޕަރޭޝަނުން ހިންގަމުންދާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. 2021، 15 ސެޕްޓެމްބަރ އިން ފެށިގެން ވެމްކޯގެ ހުރިހާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ހިދުމަތް ދިނުމުގައި އަންނިނިވި އުސޫލަށް އަމަލުކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.
- އަމިއްލައަށް ކުނި އުކާލުމުގެ ބޭނުންވާ ފަރުދުން ކުރިޔަށްއޮތްތަނުގައި ސައިޓަށްވަދެ ކުނި އުކާލެވޭނީ ތިރީގައި ބަޔާންކުރެވިފައިވާ ކުންޏަށް ކަނޑައެޅިފައިވާ ފީ ދެއްކެމަށްފަހުއެވެ.
ކުނި |
އަގު |
ތަފްސީލް |
40 ލީޓަރުގެ ކޮތަޅު (ބާޒާރު ރަތް ކޮތަޅު) |
10.00 ރުފިޔާ |
ކޮންމެ ކޮތަޅަކަށް |
ބޮޑެތި ކުނީގެ ކުދި ސައިޒުގެ އައިޓަމެއް |
25.00 ރުފިޔާ |
ކޮންމެ އައިޓަމަކަށް |
ބޮޑެތި ކުނީގެ މެދު ސައިޒުގެ އައިޓަމެއް |
50.00 ރުފިޔާ |
ކޮންމެ އައިޓަމަކަށް |
ބޮޑެތި ކުނީގެ ބޮޑު ސައިޒުގެ އައިޓަމެއް |
75.00 ރުފިޔާ |
ކޮންމެ އައިޓަމަކަށް |
މަތީގައި ބަޔާންކުރެވިފައިވާ ކުނީގެ ބާވަތާއި، ސައިޒަކީ އާންމު އުސޫލުން ދެފުރޮޅުލީ އެއްގަމު އުޅަނދުގައި އުފުލޭނެ އެންމެ ބޮޑެތި ސައިޒްއަށް ބެލުމަށްފަހު ތައްޔާރުކުރެވިފައިވާ އަދަދުތަކެކެވެ.
އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ އުސޫލުން އަމިއްލައަށް ކުނި އުކަމުންދާ ފަރުދުން މިކޯޕަރޭޝަނުން ގޭބީސީތަކަށް ފޯރުކޮށްދޭ ކުނި އުކާލުމުގެ ލުއިފަސޭހަ ޚިދުމަތްތައް ބޭނުންކުރުމަށް އިލްތިމާސްކުރަމެވެ. މިގެނެވޭބަދަލާއި ގުޅިގެން ކަސްޓަމަރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބޭނެކަން ޔަޤީންކުރަމެވެ. އަދި މިބަދަލާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ވެމްކޯގެ ކޯލް ސެންޓަރު — 1666 ހުޅުވިފައި ހުންނަ ވަގުތުގައި ގުޅުއްވުމަށް ދަންނަވަމެވެ.
16 ސެޕްޓެމްބަރ 2021
09 سفر 1443