ދިވެހިރާއްޖެ
c
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ބ. ކަމަދޫ ، ދިވެހިރާއްޖެ.
Secretariat of the South MaalhosmaduluKamadhoo Council
Baa.kamadhoo,Rep.Of Maldive
ނަމްބަރ:(IUL)314--/315/2021/4
އިޢުލާން
ރައްޔިތުންގެ ހިޔާ ކުއްޔަށް ދިނުމާއިބެހޭ
ކަމަދޫ ރައްޔިތުންގެ ހިޔާ 25 އަހަރަށް ކުއްޔަށް ދޫކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 15 ސެޕްޓެމްބަރ 2021 (ބުދަ) ދުވަހުގެ 12:00 ން ފެށިގެން 21 ސެޕްޓެމްބަރ 2021 ވާ (އަންގާރަ) ދުވަހުގެ 10:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން،މިއިދާރާގެ ނަންބަރަށް ގުޅައިގެން ނުވަތަ މިއިދާރާގެ މެއިލް އެޑްރެހަށް (([email protected] ރިކުއެސްޓްކޮށް ،ބިޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/އައި.ޑީކާރޑް ނަމްބަރ) އިޢުލާން ނަންބަރާއި އެކު މެއިލްކޮށްދެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވާން ނަންނޯޓު ނުކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި އަދި ބީލަމުގައި ބައިވެރި ނުވެވޭނެވާހަކަވެސް ދަންނަވަމެވެ. މި ބީލަމުގައި ބައިވެރި ވެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް، ކުންފުނި ޕާޓްނާޝިޕް ވިޔަފާރިތަކަށް އަދި ކުލަބް ޖަމިއްޔާތަކަށެވެ.
މަޢުލޫމާތު ދިނުމާއި ބިޑް ހުށައެޅުން
މަޢުލޫމާތު ދިނުން |
ބިޑް ހުށައެޅުން |
21 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 |
03 އޮކްޓޮބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 |
ބީލަން ހުށައެޅުން
ބީލަން ހުޅުވުން އަދި ބީލަމުގެ މަޢުލޫމާތު ދިނުން އޮންނާނީ މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
08 ސަފަރް 1442
15 ސެޕްޓެމްބަރ 2021