މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތް ސިސްޓަމްސް ޕްރިޕެއަރޑްނެސް ޕްރޮޖެކްޓް

 

                      އިޢުލާން 

ޕްރޮޖެކްޓުގެ ނަން: ކޮވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތް ސިސްޓަމްސް ޕްރިޕެއަރޑްނެސް ޕްރޮޖެކްޓް

ރިފަރެންސް ނަންބަރު: MV-MOH-251254-GO-RFQ

          ވާރލްޑް ބޭންކްއާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކްގެ އެހީގައި މިމިނިސްޓްރީން ކުރިއަށްގެންދާ ކޮވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތް ސިސްޓަމްސް ޕްރިޕެއަރޑްނެސް ޕްރޮޖެކްޓަށް ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-OAA/23/2021/135 ( 1 ޖޫން 2021) ޢިއުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކަށްވެފައި އެފަރާތުގެ އަގުތައް މާރކެޓުގެ އަގުތަކާއި އަޅާބަލާއިރު ބޮޑު ކަމަށް ފާހަގަ ކުރެވޭތީ މިތަކެތި ހޯދުމަށް އަލުން އިއުލާނު ކުރީމެވެ. މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 23 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތައް 23 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި މެންދުރު 14:00 ގެ ކުރިން މި ޢިއުލާނާއެކުގައިވާ ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު [email protected] އީމެއިލަށް ފޮނުވައި ދިނުމަށް ދެންނެވީމެވެ.  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު 1:000 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ގެޒެޓުގައި އެޓޭޗް ކުރެވިފައިވާނެއެވެ.

15 ސެޕްޓެންބަރު 2021
ހޯދާ