ދިވެހިރާއްޖެ
ނަމްބަރު:(IUL)GAAH/P4-HC/2021/1
އިޢުލާން
ގއ.ނިލަންދޫ ސިއްޙީމަރުކަޒުގެ ލެބޯރަޓަރީ ސާމްޕަލް ހިފައިގެން ދަތުރުކޮއްދޭނެ ފަރާތެއް ހޯދުމާއިބެހޭ:
ގއ. ނިލަންދޫ ސިއްޙީމަރުކަޒުގެ ލެބޯރަޓަރީ ސާމްޕަލް ގެންގޮސް ގއ. ދާންދޫ ސިއްޙީމަރުކަޒަށް ހަވާލުކޮއްދޭނެ ފަރާތެއް ކޮންޓްރެކްޓް އުސޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް، މި ހޮސްޕިޓަލުން ފޯރުކޮއްދޭ މަޢުލޫމާތާއި އެއްގޮތަށް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ސެޕްޓޭމްބަރ 2021 ވަނަ ދުވަހުގެ މެންދުރު 13.30 ގއ. ނިލަންދޫ ސިއްޙީމަރުކަޒު އަދި ގއ. ދާންދޫ ސިއްޙީމަރުކަޒުގެ އިތުރުން މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާޕްކުރެއްވުމަށްފަހު 30 ސެޕްޓޭމްބަރ 2021 ވަނަ ދުވަހުގެ މެންދުރު 13.30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މައުލޫމާތް ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބްތައް، ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައްބަލައި ނުގަނެވޭ ވާހަކަވެސް ދަންނަވަމެވެ. މީގެއިތުރުން އަންދާސީ ހިސާބް ހުށަހެޅެއްވޭނީ މައުލޫމާތް ސާފުކުރެއްވުމުގައި ބައިވެރިވެލެއްވި ފަރާތްތަކަށެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.
15 ސެޕްޓޭމްބަރ 2021 މ.
8 ސަފަރު 1442 ހ.