ދިވެހިރާއްޖެ
މި އިޢުލާންވަނީ 16 ސެޕްޓެންބަރު 2021 12:52 ގައި ބާތިލް ކުރެވިފައެވެ.
މި ކުންފުނީގެ ފަރާތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި ހިންގާ ސީޕްލޭން ޓާރމިނަލް މެއިން އޭރިޔާގައި ކެފޭއެއް ހިންގުމާއިއެކު ހުވަނދުމާ ލައުންޖަށް ކޭޓެރިންގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IAS/MIS/2021-1306 އިއުލާނަށް ރިއާއަތްކޮށް ދަންނަވަމެވެ.
ޝައުގުވެރިކަން ފާޅު ކުރުމާއިއެކު ކުންފުނީގެ މައުލޫމާތު ފޯމް ހުށަހެޅުމުގެ ސުންގަޑި އަކީ 15 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަސް ކަމުގައި ލިޔެވިފައިވަނީ އޮޅުމަކުންނެވެ. މި މަސައްކަތަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ސުންގަޑި އަކީ RFP ޑޮކިއުމަންޓުގައި ވާ ފަދައިން 16 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގެ ކުރިންނެވެ.
ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިއުލާނާއިއެކު ހިމެނިފައިވާ ކުންފުނީގެ މައުލޫމާތު ފޯމް ފުރުއްވުމަށްފަހު މި ކުންފުނީގެ އީމެއިލް [email protected] ، [email protected] އަދި [email protected] އަށް މެއިލް ކުރައްވައިގެން ޝައުގުވެރިކަން ފާޅު ކުރެއްވުން އެދެމެވެ.
ޝައުގުވެރިކަން ފާޅު ކުރައްވާ ފަރާތްތަކަށް ސައިޓް ވިޒިޓް ސެޝަން ހަމަޖެއްސުމަށްޓަކައި، މި ސެޝަން އަށް ވަޑައި ގަންނަވާ ބޭފުޅުންގެ އައިޑީ ކާޑު ކޮޕީ މެއިލް އާއި އެކު ފޮނުއްވައި ދިނުން އެދެމެވެ.
އިސްވެ ދެންނެވުނު ސުންގަޑީގެ ކުރިން އީމެއިލްގެ ޒަރިއްޔާއިން ޝައުގުވެރިކަން ފާޅު ނުކުރައްވާ ފަރާތްތަކަށް މި ޕްރޮޖެކްޓުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އެދޭ ބޭފުޅުން، އިސްވެ ދެންނެވުނު އީމެއިލް އެޑްރެސްއަށް އީމެއިލް ފޮނުއްވައިގެން، ނުވަތަ މި ކުންފުނީގެ ނަންބަރު 3331230، 3024763 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
*މަތީގައި ދެންނެވިފައިވާ ކުންފުނީގެ މައުލޫމާތު ފޯމް އަދި ބިޑް އާއި ގުޅޭ މައުލޫމާތު މި އިއުލާނާއި އެކު ޑައުންލޯޑް ކުރެއްވޭނެއެވެ.