މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އޮފީސް ފަރުނީޗަރު ހޯދުމަށް

އިޢުލާން

އޮފީސް ފަރުނީޗަރު ހޯދުމަށް

މި މިނިސްޓްރީއަށް ބޭނުންވާ އޮފީސް ފަރުނީޗަރު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު(IUL)142-A1/142/2021/89  އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅައިފައި ނުވާތީ އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރކުރައްވާ، މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 18 ސެޕްޓެމްބަރ 2021 ވާ ހޮނިހިރު ދުވަހުގެ 16:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރކުރުމަށް ފޮނުވާ މެއިލް، ސުންގަޑީގެ ކުރިން މިނިސްޓްރީއަށް ލިބިފައިވޭތޯ ކަށަވަރުކުރުމަކީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީގެ މީޓިންގ ރޫމް 01 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 21 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020286، 3020212 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                                       08 ޞަފަރު 1443

15 ސެޕްޓެންބަރު 2021
ހޯދާ