މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރިއަށް ކުއްޔަށް ބިން ދޫކުރުން

ތެލުގެ ވިޔަފާރިއަށް ކުއްޔަށް ބިން ދޫކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު: (IUL)302-E/302/2021/32 (05 ޖުލައި 2021) އިޢުލާން ގެޒެޓްކުރެވިފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ހުޅުދުއްފާރު ބަނދަރުގެ ދެކުނު ތޮށިކައިރިން 1800 އަކަފޫޓްގެ 2 ބިން ތެލުގެ ވިޔަފާރިއަށް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. ބިން ދޫކުރުމަށް ނިންމާފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ތެލުގެ ވިޔަފާރިއަށް ދޫކުރާ މި ދެބިމުގެ ކުލީގެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 60 ލާރިއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00 ށް ހުޅުދުއްފާރު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ 13:00ށް ހުޅުދުއްފާރު ކައުންސިލް އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. ނަމަވެސް މިއިދާރާއިން ކޮށްފައިވާ ނަންބަރު: (IUL)302-E/302/2021/32 (05 ޖުލައި 2021) އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކަށް އިތުރަށް މަޢުލޫމާތު ސާފުކުރުމަކާނުލާ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ. ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014)ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށްވެސް މިކަމަށް އެދި ކުރިމަތިލެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ފަރާތަކުންވެސް އެއް ބޭފުޅަކަށެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަން ހާޒިރުވާއިރު ވިޔަފާރީގެ ވެރިފަރާތް ނުވަތަ ކުންފުނީގެ ހިއްސާދާރެއް، ޑިރެކްޓަރެއް ނޫން ފަރާތަކުން ހާޒިރުވާނަމަ، ޕްރޮޕޯސަލް ހުށަހަޅަން ހާޒިރުވުމުގެ ހުއްދަ އެފަރާތަކަށް ދީފައިވާކަން އެނގޭނެ ލިޔުމަކާއެކު އެހާޒިރުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

14 ސެޕްޓެންބަރު 2021
ހޯދާ