މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫގައި ގޭދޮށުމަސް ފެކްޓަރީއެއް ޑިޒައިންކޮށް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިންޑިޔާ ހައިކޮމިޝަންއާއި ދިވެހި ސަރުކާރު ގުޅިގެން ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ގޭދޮށު މަސްޕުލާންޓް އެއް ނ.ކެނދިކުޅުދޫގައި ގާއިމުކޮށް ދެއްވާ ގޭދޮށު މަސްޕްލާންޓް )ނެއިބަހުޑް ފިޝް ފްރޮސެސިން ޕުލާންޓް) ފަރުމާކޮށް، އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދުމަށް 29 އޮގަސްޓް 2021 ގައި ކުރެވުނު އިޢުލާނު ނަންބަރު (IUL)286-PRJ/286/2021/65 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަލުން މިމަސައްކަތް އިޢުލާނުކުރަމެވެ.

 ވީމާ މިކަމަށް ޝައުގުވެރިވާ ފާރާތްތަކުން 16 ސެޕްޓެމްބަރ 2021 ބުރާސްފަތި ދުވަހު 14:00 ކުރިން މިކައުންސިލަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަމްބަރު 6560013 ފޯނަށް ގުޅުއްވާ އަދި އީމެއިލް [email protected] މެދުވެރިކޮށް ބިޑްގައި ރަޖިސްޓްރީ ވުމަށްފަހު 20 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 12:30 ގައި މިއިދާރާގެ މީޓިންގް ހޯލްއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް އަދި  30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ބިޑް ހުށަހެޅުމަށް މިއިދާރާގެ މީޓިންގ ހޯލްއަށް ވަޑައިގެން ދެއްވުންއެދެމެވެ.

 

ގޭދޮށު މަސްފެކްޓަރީގައި ލާޒިމް ބައިތަކާއި ޕޮއިންޓްތައް:

  1. ގޭދޮށު މަސްފެކްޓަރީ ގައި 20 ޓަނުގެ އައިސް އުފައްދާ އައިސް ޕުލާންޓެއް ހުންނަންވާނެ.
  2. މި ޕެކްޓަރީގައި 30 ޓަނުގެ މަސް ރައްކާކުރެވޭނެ އައިސް ސުޓޯރުތަކެއް ހުންނަށްވާނެ. ( ސުޓޯރުތައް ހުންނަންވާނީ 10 ޓަނުން ވަކިކުރެވިފައެވެ.
  3. ބުޗަރީ އޭރިއާ (މަސްކަނޑާ) 10× ސުޓޭސަންހުނަށްވާނެއެވެ.
  4. މަސްކިރާނެ އެރިއާ (5× ޑިޖިޓަލް- ސުކޭލެއާއެކު ހުންނަންވާނެ.
  5. ޕުރޮސެސިންގް އޭރިއާ (މަސްބަންދުކުރާ 6× ސުޓޭސަން  ހުންނަންވާނެއެެވެ.
  6. އޮފީސް ކޮޓަރިއަކާއި، ތަޙްލީލުކޮށް، ކުއަލިޓީ ޗެކުކުރާނެ ލެބޯޓަރީއެއް ހުނަންވާނެ.
  7. ޑުރައި އައިޓަމްސް ރައްކާކުރާނެ ސުޓޯރެއް ހުންނަންވާނެ.
  8. މުއައްޒަފުން ބޭނުންކުރަން 2 ފާޚާނާއާއި މަސްވެރިންނަށް ބޭނުން ކުރާނެ 2 ފާޚާނާ (ޕަބުލިކް ޓޮއިލެޓް) ހުންނަންވާނެ.
  9. ހުރިހާ ސުޓޭސަންތަކެއްގައި ބޭނުންކުރާނެ މޭޒަތައް ތައްޔާރުކުރެވިފައި ހުންނަންވާނީ ފުޑް ގުރޭޑަށް ބޭނުންކުރެވޭނެ، އެސް، އެސް (ސްޓޭންލެސް ސްޓީލުންނެވެ)

10. 100 ކިލޯ ވޯޓްގެ ސައުންޑު ޕުރޫފް ޖަނެރޭޓަރެއް، އައިސް ޕުލާންޓާއިއެކު ހުންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ޕުރަޕޯސަލް އަދި ޑިޒައިން. (3D ޑުރޯވިންގް އާއިއެކު)
  2. ތަން ހަދަން ބޭނުންކުރާނެ މެޓީރިއަލް ތަފުސީލް އަދި ކޮލިޓީ އަންގައިދޭ ރިޕޯޓް

  ބީލަމުގައި ބައިވެރިވެވޭނެ ފަރާތްތައް:

  1. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ވިޔަފާރި ތަކަށެވެ.
  2. ދަޢުލަތުގެ އޮފީސްތަކުން އާންމުކޮށް އިޢުލާނުކޮށްގެން ކުރިއަށް ގެންދާ ބީލަންތަކުގައި އެރަށަކަށް ނުވަތަ އެ އަތޮޅަކަށް ނިސްބަތްވާ ވިޔަފާރިތަކަށް މަސައްކަތް ހަވާލުކުރުމުގައި އިސްކަންދެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

  1. ޕޮރޮޕޯސަލް ހުށައެޅަންވާނީ ސިޓީ އުރައަކަށްލާ ބަންދުކޮށް ނ. ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއަށް އެޑްރެސްކޮށެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހެޅި ފަރާތުގެ މައުލޫމާތު އަދި "ނ. ކެނދިކުޅުދޫ ގޭދަށު މަސް ފެކްޓަރީ" މިހެން ލިޔެ އިޢުލާނު އިޢުލާން ނަންބަރު ލިޔަންވާނެއެވެ.
  2. އެކަށީގެންވާ ޕްރޮޕޯސަލެއް ލިބިފައި ނުވާނަމަ ހުށަހަޅާފައިވާ ޕުރޮޕޯސަލްތައް ބާތިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.
  3. މި ޕުރޮޖެކުޓްގެ ބިޑް ސެކުރިޓީ ގޮތުގައި ކަނޑައަޅާފައި މިވަނީ 150,000 ރ (އެއްލައްކަ) ދިވެހި ރުފިޔާއެވެ. ބިޑް ސެކުރިޓީ ހަމަވާ މުއްދަތަކީ ބީލަމުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަހުގެ މުއްތަށެވެ. މުޅި ޖުމްލަ 40 ދުވަސް ބިޑް ސެކުރިޓީގެ ވެލިޑިޓީގެ ގޮތުގައި އޮންނަންވާނެއެވެ. ބިޑް ސެކިއުރިޓީގޮތުގައި ބަލައިގަނެވޭނީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފައިނޭސަލް އިންސްޓިޓިއުޓް ތަކުން ދޫކޮށްފައިވާ ބޭންކް ގެރެންޓީ ސިޓީ ނުވަތަ ބޭންކް ސެޓިފައިޑް ޑޭޓެޑް ޗެކެވެ.
  4. ޕާފޯމަންސް ސެކުރިޓީ ގިތުގައި ހުށައަޅާ އަގުގެ %5 އަށްވާ އަދަދު ބަހައްޓަންވާނެއެވެ. ޕާފޯމަންސް ސެކުރިޓީ ބަލައިގަނެވޭނީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފައިނޭސަލް އިންސްޓިޓިއުޓް ތަކުން ދޫކޮށްފައިވާ ބޭންކް ގެރެންޓީ ސިޓީ ނުވަތަ ބޭންކް ސެޓިފައިޑް ޑޭޓެޑް ޗެކެވެ.

 

  1. ހުށަހަޅުއްވާ ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބެލުމަށް ހަމަޖެހިފައިވަނީ:
  • އަގަށް %60 (ފަސްދޮޅަސް ޕަސެންޓް)
  • މަސައްކަތުގެ ތަޖްރިބާ އަދި ފަންނީ ޤާބިލްކަމަށް %20 (ވިހި ޕަސެންޓް)
  • މަސައްކަތުގެ މުއްދަތަށް %20 (ވިހި ޕަސެންޓް)

 

މިއިޢުލާން ކުރެވުމާއެކު މީގެކުރިން މިކަމާ ގުޅިގެން މިކައުންސިލުން ކުރި އިޢުލާނު ނަންބަރު (IUL)286-PRJ/286/2021/65 ބާޠިލުވީއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

07    ޞަފަރު 1443

14 ސެޕްޓެމްބަރ 2021

14 ސެޕްޓެންބަރު 2021
ހޯދާ