މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގައި ހުރި ބައުވެފައިވާ ތަކެތި ނީލަމްގައި ވިއްކާލުމަށް

ޢާއްމު އިޢުލާން

                                    

 

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގައި ހުރި ބައުވެފައިވާ ތަކެތި ނީލަމްގައި ވިއްކާލުމަށް ކުރެވުނު ނަންބަރ ((IUL)471-CDS1/471/2021/19   ( (15 ޖުލައި 2021) އަދި ((IUL)471-CDS1/471/2021/28) (15 އޮގަސްޓް 2021) ވަނަ ދުވަހުކުރި ޢިއުލާންއަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ،  3 ވަނަ ފަހަރަށް ނީލަން ކިޔަން ބޭނުންވެއެވެ. ނީލަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

  1. ނީލަން ކިޔަން ހަމަޖެހިފައިވާ ތަން:  ބައު ޖަމާލުއްދީން
  2. ނީލަން ކިއުމަށް ހަމޖެހިފައިވާ ދުވަހާއި ގަޑި:  23 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ ހެނދުނު 13:30 ގައި
  3. ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
  4. މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 7562393

 

       މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

    ވީމާ، ޝައުގުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

 

 

07  ސަފަރު   1443

                                                14 ސެޕްޓެމްބަރ 2021

14 ސެޕްޓެންބަރު 2021
ހޯދާ