ދިވެހިރާއްޖެ
ފ.ބިލެތްދޫ ކައުންސިލް އިދާރާގެ ރަސްމީ ލޯގޯއެއް ކަނޑައެޅުމަށްބޭނުންވާތީވެ،ފ.ބިލެތްދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް މުޅިރާއްޖެއަށް ހުޅުވާލަމެވެ.
ލޯގޯ ފަރުމާކުރުމުގައި ބައިވެރިވެ އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށް ދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި -/1500ރ (ފަނަރަސަތޭކަ) ދިވެހި ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލޯގޯ ފަރުމާކުރުމުގެ ފުރުސަތަކީ ހުރިހާ އުމުރުފުރާތަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
ވީމާ، މިކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 ސެޕްޓެންބަރ 2021ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފަރުމާކޮށްފައިވާ ލޯގޯ މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ލޯގޯ ފަރުމާކުރުން" ޖައްސަވަންވާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށައަޅުއްވާނަމަ [email protected] އަށް މެއިލް ކޮއްދެއްވުމަށް އެދި ދަންނަވަމެވެ. އަދި މެއިލް ކުރައްވާއިރު ހުށައަޅާފަރާތުގެ ފުރިހަމަނަން އައިޑީ ކާރޑް ނަންބަރ އަދި ފޯނުނަންބަރ ޖައްސަވަންވާނެއެވެ.
ލޯގޯ ފަރުމާ ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް
1. ފަރުމާކުރެވޭ ލޯގޯއިން ފ.ބިލެތްދޫ ނުވަތަ ބިލެތްދޫ ކައުންސިލްއިދާރާގެ މަސައްކަތް ރަމްޒުކޮށްދިނުން.
2. ކުލައިގެ ގޮތުގައި ވަކި ކުލައެއް ބޭނުންކުރުން ކޮންމެހެން މުހިންމެއް ނޫނެވެ. (މީގައި ކުލަތައް އެއްވަރަށް ބޭނުންކުރުން މުހިންމެއް ނޫނެވެ. މާނައެއް ދޭހަވާ ގޮތަށް ހުރިހާ ކުލަތައް ރަމްޒުކުރެވިފައި، ރީތި ކޮމްބިނޭޝަނެއްގައި ކުލަތައް ހުރުމުން ފުދޭނެއެވެ.)
3. ލޯގޯގައި “Secretariat of Bilehdhoo Council ” "ފ.ބިލެތްދޫ ކައުންސިލްގެ އިދާރާ" އިނގިރޭސި ބަހުން އަދި ދިވެހި ބަހުން ހިމެނުން.
1 ވަނައަށް އަންނަ ލޯގޯ އަކީ މި އިދާރާގެ ލޯގޯގެ ގޮތުގައި ބޭނުންކުރާނެ ލޯގޯއަކަށް ވާތީ، އެ ލޯގޯގެ ހުރިހާ އިޚުތިޔާރެއް (ކޮޕީރައިޓް) ލިބިގެންދަނީ ބިލެތްދޫ ކައުންސިލް އިދާރާއަށެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 6740013 އަށް ގުޅުއްވުން އެދެމެވެ.