ދިވެހިރާއްޖެ
ނަންބަރު: HMH | IUL | 2021 | 095
ވަޒީފާގެ ފުރުޞަތު
މަޤާމު |
ޕަބްލިކް ހެލްތް އޮފިސަރ |
ބޭނުންވާ އަދަދު |
01 (އެކެއް) |
މަޤާމް ގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
އެމް. އެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ޑިވިޝަން / ސެކްޝަން |
ޕަބްލިކް ހެލްތް |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ހުޅުމާލެ ހޮސްޕިޓަލް |
މުސާރަ: |
މަހަކު -/5610 ރުފިޔާ |
ސަރވިސް އެލެވަންސް: |
މަހަކު -/2500 ރުފިޔާ |
ސަޕޯޓިންގ ކޯ އެލަވަންސް: |
މަހަކު -/700 ރުފިޔާ |
ރިސްކް އެލަވަންސް: |
-/100 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް) |
އިތުރު އިނާޔަތްތައް |
1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- ޕަބްލިކް ހެލްތް ޔުނިޓްގެ ފަރާތުން ހިންގާ ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން 2- ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވާނެ މެޓީރިއަލްސް، ޕްރެޒެންޓޭޝަން ފަދަ ތަކެތި ތައްޔާރުކުރުން 3- ޢާއްމުންނަށާއި ހޮސްޕިޓަލްގެ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރުން 4- ކޮމިއުނިކެބްލް އަދި ނޮން ކޮމިއުނިކެބްލް ޑިޒީޒް ކޮންޓްރޯލް ޕްރޮގްރާމްތައް ހޮސްޕިޓަލްގައި ހިންގުމާއި ޤަވާޢިދުން ރިޕޯޓް ފޮނުވުން. 5- ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކަށް ހިންގޭ "ޓުބެކޯ ސިޒޭޝަން" ކްލިނިކް ހިންގުމާއި ޢާއްމު ޞިއްޙަތާއި ގުޅުންހުރި ރަނގަޅު އާދަތަކަށް ޢާއްމުން ހޭލުންތެރިކުރުމަށް ކައުންސެލިންގ ޕްރޮގްރާމްތައް ހިންގުން 6- އެނދުމަތި ކުރެވިފައި ގޭގައި ތިބޭ ބަލި މީހުންނަށް ގޭގެއަށް ގޮސްގެން ފަރުވާ ދިނުން 7- ޓީބީ ބަލި މީހުންނަށް ދެވޭ "ޑޮޓްސް" ފަރުވާ ދިނުން 8- ގްރޯތް މޮނިޓަރ ކޮށް ބެލެހެއްޓުމުގެ މަސައްކަތާއި، ބަރުދަން ލުއިވާ ކުދިންގެ ބެލެނިވެރިންނަށް އެކަށިގެންވާ މަޢުލޫމާތުދީ،ރަގަޅު ކާނާއާއިބެހޭ އިރުޝާދު ދިނުން |
މަޤާމުގެ ޝަރުތު |
1- ކޮމިއުނިޓީ ހެލްތް، ޕްރައިމަރީ ހެލްތް ކެއަރ، ޕަބްލިކް ހެލްތް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ސެޕްޓެންބަރ 22 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގގެ 4 ވަނަ ފަންގިފިލާއަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ. |
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޢުލޫމާތު ސާފުކުރުން |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ. |