މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފް ހައިޑްރޯލިކް އެކްސްޓްރިކޭޝަން ޓޫލްސް

ސްޕެސިފިކް ޕްރޮކިއުމަންޓް ނޯޓީސް

ޕްރޮކިއުމަންޓް އޮފް ހައިޑްރޯލިކް އެކްސްޓްރިކޭޝަން ޓޫލްސް

MV-MONPI-238494-GO-RFB

މޯލްޑިވްސް އާރބަން ޑިވެލޮޕްމެންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓް

Grant No.:IDA-D5540

 

1. ވާރލްޑް ބޭންކްއިން ދިވެހި ސަރުކާރަށް ލޯނު އަދި ހިލޭ އެހީގެ ގޮތުގައި ލިބުމަށް ހަމަޖެހިފައިވާ ފައިސާއިން "މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް" ޕްރޮޖެކްޓްގެ ދަށުން "ޕްރޮކިއުމަންޓް އޮފް ހައިޑްރޯލިކް އެކްސްޓްރިކޭޝަން ޓޫލްސް" ހޯދުމަށްވަނީ ހަމަޖެހިފައެވެ.

 

2. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރިކުއެސްޓް ފޯރ ބިޑް (އާރ.އެފް.ބީ) އާއި އެއްގޮތަށް ބިޑް ޑޮކިއުމަންޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

3. މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ރިކުއެސްޓް ފޯ ބިޑްސް (އާރު.އެފް.ބީ) އުޞޫލުގެ މަތިން ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިޞްލާޙުކުރެވިފައިވާ ރެގިއުލޭޝަންއާއި އެއްގޮތަށެވެ.

 

4. ޕްރޮޖެކްޓާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 0830 އިން 1400 އަށް ލިބިވަޑައިގަންނަވާނެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ރިކުއެސްޓް ފޮރ ބިޑް (އާރ.އެފް.ބީ) މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއަންސް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖަރ ހަސަން ޝިޔާޒް އަށް އެޑްރެސްކޮށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ކޮންޓްރެކްޓުގައި ސޮއި ކުރާތާ އެންމެ ލަސްވެގެން 150 ދުވަހުގެ މުއްދަތުގެ ތެރޭގައި ތަކެތި ސަޕްލައި ކުރަންވާނެއެވެ. އަދި ބިޑަށް ހުށަހަޅާ ފަރާތްތައް ބިޑު ކުރަންވާނީ ހުރިހާ ތަކެއްޗަށެވެ.

 

5. ބިޑަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ބިޑަށް ހުށަހަޅަން ރަޖިސްޓްރީކުރުމަށްޓަކައި 15 ސެޕްޓެމްބަރ 2021 އިން 17 އޮކްޓޯބަރ 2021 ނިޔަލަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ގައި ރަޖިސްޓްރީ ކުރަންވާނެއެވެ.

ބިޑު ހުށަހަޅާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މަޢުލޫމާތުތަށް އީމެއިލް މެދުވެރިކޮށް ފޮނުވުމުން ރަޖިސްޓަރ ވާނެއެވެ.

Email: [email protected]

Cc:   [email protected]

  • ބިޑަށް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
  • ގުޅޭން ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު

 

6. ބިޑިންގ ޑޮކިއުމަންޓާއި އެއާއި ގުޅުންހުރި އެހެނިހެން ލިޔުންތައް މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ލިބެން ހުންނާނެއެވެ. ބިޑާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ބަލާ ޗެކު ކުރުމަކީ ބިޑަށް ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމުގައި ދަންނަވަމެވެ.

7. ބީލަންހުޅުވުން އޮންނާނީ  18އޮކްޓޯބަރ 2021  ވާ ހޯމަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ޖަލްސާކުރާމާލަމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ލިޔެފައި އޮންނަންވާނެއެވެ.

8. ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 950$ (ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުންފެށިގެން 120 ދުވަހެވެ.

9. އިތުރު މައުލޫމާތު އަދި ބިޑު ހުށަހަޅަންވީ އެޑްރެސް ތިރީގައި އެވަނީއެވެ.

 

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް ރިސިލިއަންސް ޕްރޮޖެކްޓް 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ

މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4004700 / 3004300

އީމެއިލް: [email protected]

ކޮޕީ : [email protected]

 

14 ސެޕްޓެމްބަރ 2021

14 ސެޕްޓެންބަރު 2021
ހޯދާ