ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރ (ކޮންސަލްޓެންޓް)

މަޤާމް :ސޮފްޓްވެއަރ ޑިވެލޮޕަރ (ކޮންސަލްޓެންޓް)
ބޭނުންވާ އަދަދު :1

މި އޮތޯރިޓީއަށް ތިރީގައި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

މަޤާމް:

ސޮފްޓްވެއަރ ޑިވެލޮޕަރ (ކޮންސަލްޓެންޓް)

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އީ.އެކްސް 1

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (06 މަސްދުވަހުގެ މުއްދަތަށް)

ވަޒިފާއަދާ ކުރަންޖެހޭ ތަން:

އެން.ސީ.އައި.ޓީ / މާލެ

އަސާސީ މުސާރަ: (މަހަކު)

8,835.00ރ

ސަރވިސް އެލަވަންސް:(މަހަކު)

2,000.00 ރ

އެހެނިހެން އެލަވަންސް:

އެކްސްކްލޫސިވް ޖޮބް އެލަވަންސް: (މަހަކު)

އަސާސީ މުސާރައިގެ 35% (ތިރީސް ފަސް އިންސައްތަ)

ލިވިންގ އެލަވަންސް: (މަހަކު)

4,000.00ރ

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ އަސާސީ ޝަރުތު:

 

 

1)      މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2)      މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3)      މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން މަޢުލޫމާތު:

މަޤާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާ:

  • ޕީއެޗްޕީ، އެޗް.ޓީ.އެމް.އެލް.5، ސީ.އެސް.އެސް، ޖާވާ ސްކްރިޕްޓް އެންޑް ސޯސް ކޮންޓްރޯލް (ގިޓް)

ތަޢުލީމީ ރޮނގުތައް:

  • އިންފޮރމޭޝަން ޓެކްނޮލޮޖީ
  • ސޮފްޓްވެއަރ ޑިވެލޮޕްމެންޓް
  • ސޮފްޓްވެއަރ އިންޖިނެއަރިންގ
  • މަޤާމުގެ ދާއިރާތަކާއި އެމީހެއްގެ ތައުލީމީ ސެޓްފިކެޓްތައް ގުޅޭތޯ ބެލުމުގައި ސެޓްފިކެޓްގެ ނަމާއި މަޤާމުގެ މަސައްކަތާއި ގުޅޭކަން ސާފުކޮށް ކަނޑައަޅަން ދަތިވާ ހާލަތުގައި، ކޯހުގެ ނަމަށް ބެލުމުގެ ބަދަލުގައި ބަލާނީ އެމީހަކު ކޯހުގައި ފުރިހަމަ ކުރި މޮޑިއުލްތަކުގެ ގޮތުގައި ޓްރާންސްކްރިޕްޓުގައި ބަޔާންކޮށްފައިވާ މޮޑިއުލްތަކަށެވެ. މިގޮތުން ކޯހުގައި ކިޔަވާފައިވާ މޮޑިއުލްތަކުގެ 30 އިންސައްތަ މޮޑިއުލްއަކީ މަދުވެގެން މަޤާމުގެ މަސައްކަތާ ގުޅޭ މޮޑިއުލްތަކަކަށް ވާންވާނެއެވެ. މަޤާމުގެ މަސައްކަތާއި ގުޅޭ މޮޑިއުލްތަކުގެ އަދަދު 30 އިންސައްތައަށްވުރެ މަދުވާނަމަ އެ ކޯހަކީ މަޤާމާއި ގުޅޭ ސެޓްފިކެޓެއް ކަމަށް ނުބެލޭނެއެވެ.

މަސައްކަތުގަޑި

މަޤާމަށްނެގޭ ފަރާތުގެ މަޝްވަރާއާއި އެކު އޮތޯރިޓީން ކަނޑައަޅާ ވަގުތެއް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މި ޕްރޮޖެކްޓްން ހާސިލްކުރަން ބޭނުންވާ މައިގަނޑު މަޤްސަދަކީ އީ-ކައުންސިލް ގެމެން ޕޯޓަލްގައި ބެލެހެއްޓޭ މަޢުލޫމާތުގެ ރިޕޯޓްތައް، އެ މަޢުލޫމާތާ ގުޅޭ ވުޒާރާތަކުން ފޯރުކޮށްދޭ ފޯމެޓްތަކުގައި ޖެނެރޭޓްކުރެވޭނެ ނިޒާމެއް ޤާއިމްކުރެވި، މަޢުލޫމާތުގެ ޑޭޝްބޯޑެއް ތައްޔާރު ކުރެވިގެންދިޔުމެވެ. މި މަޤްސަދުތައް ހާސިލްކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ މައިގަނޑު މަސައްކަތްތައް ތިރީގައި އެވަނީއެވެ.

 

  • ގެމެން ޕޯޓަލްގައި ބެލެހެއްޓޭ މަޢުލޫމާތު، ބޭނުންވާ ޕީޑީއެފް އަދި އެކްސެލް ފޯމެޓްތަކުގައި ކޮންފިގަރެބަލް ރިޕޯޓް ޖެނެރޭޓްކުރެވޭނެގޮތަށް ރިޕޯޓިންގ މޮޑިއުލްއެއް ޕްލޭންކޮށް، ޑިޒައިންކޮށް އަދި ޑެވެލޮޕްކުރުން.
  • ކަމާބެހޭ އިދާރާތަކުގެ ބޭނުމަށް، ގެމެން ޕޯޓަލްގައި ހިމެނޭ މަޢުލޫމާތުގެ ޑޭޝްބޯޑްއެއް ޕްލޭންކޮށް، ޑިޒައިންކޮށް އަދި ޑެވެލޮޕްކުރުން.
  • ގެމެން ޕޯޓަލް އޭޕީއައި އިން އެހެނިހެން ސޮފްޓްވެއަރތަކާ އިންޓެގްރޭޓްކުރުމުގެ އެންމެ ރަނގަޅު ގޮތްތައް ދެނެގަނެ ހުށަހެޅުމަށްޓަކައި، ކޮމްޕްލެކްސް ސޮފްޓްވެއަރ އެޕްލިކޭޝަން ސިސްޓަމްތައް ރިސަރޗްކުރުން.
  • ގެމެން ޕޯޓަލްގެ މަޢުލޫމާތު އެނެލައިޒްކުރުމަށްޓަކައި ބޭނުންކުރާ އެހެނިހެން ސޮފްޓްވެއަރތަކާ ގެމެން ޕޯޓަލް އިންޓެގްރޭޓްކުރުމަށްޓަކައި 'ހައި ޕަރފޮމަންސް އެޕްލިކޭޝަން'ތައް އަދި އޭޕީއައިތައް ޑިޒައިންކޮށް ޑެވެލޮޕްކުރުން.
  • މަސައްކަތުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެން.ސީ.އައި.ޓީގެ ޑެވެލޮޕަރުންނަށް މަސައްކަތާގުޅޭގޮތުން ބޭނުންވާ ތަމްރީނު ދީ، އެ ޑެވެލޮޕަރުންނަށް އެހީތެރިކަން ފޯރުކޮށްދީ ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، މަސައްކަތްތައް ހޭންޑްއޯވަރކުރުން.
  • ގެމެން ޕޯޓަލްގެ އެންޑް-ޔޫޒަރސް އަދި ޕްރޮޖެކްޓްގެ ޓީމާއެކު، ޕޯޓަލްއަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން.
  • ގެމެން ޕޯޓަލްގެ ސޮފްޓްވެއަރ ޕްރޮގްރާމް ޑޮކިއުމެންޓޭޝަން، އޮޕަރޭޝަންސް ޑޮކިއުމެންޓޭޝަން އަދި ޔޫޒަރ ގައިޑްތައް އެ ކަމާގުޅޭ ސްޓެންޑަޑްތަކާ އެއްގޮތަށް ލިޔެ، އަދާހަމަކޮށް ބެލެހެއްޓުން.
  • 'ޓެސްޓް ޑްރިވެން ޑެވެލޮޕްމަންޓް' އެޕްރޯޗް ބޭނުންކޮށްގެން ޕޯޓަލްގެ މޮޑިއުލްތައް ޑިޒައިންކޮށް ޑެވެލޮޕްކުރުން

 

ޑެލިވަރަބަލްސް

  • ގެމެން ޕޯޓަލްގެ ރިޕޯޓިންގ މޮޑިއުލްގެ ޕްރޮޕޯސްކުރާ ޕްލޭންއާއި ޑިޒައިން (މަސައްކަތާ ހަވާލުވާތާ 2 ހަފްތާގެ ތެރޭގައި ފުރިހަމަކޮށް ހުށަހެޅުމަށް).
  • ގެމެން ޕޯޓަލްގައި ބެލެހެއްޓޭ މަޢުލޫމާތު، ބޭނުންވާ ޕީޑީއެފް އަދި އެކްސެލް ފޯމެޓްތަކުގައި ކޮންފިގަރެބަލް ރިޕޯޓް ޖެނެރޭޓްކުރެވޭނެ ރިޕޯޓިންގ މޮޑިއުލް (އެލްޖީއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން ޑެވެލޮޕްކުރުމަށް).
  • ކަމާބެހޭ އިދާރާތަކުގެ ބޭނުމަށް، ގެމެން ޕޯޓަލްގައި ހިމެނޭ މަޢުލޫމާތުގެ ޑޭޝްބޯޑް (އެލްޖީއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން ޑެވެލޮޕްކުރުމަށް).
  • އެހެނިހެން ސޮފްޓްވެއަރތަކާ ގެމެން ޕޯޓަލް އިންޓެގްރޭޓްކުރުމަށް ބޭނުންވާ އޭޕީއައި އަދި އެޕްލިކޭޝަންތައް (އެލްޖީއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން ޑެވެލޮޕްކުރުމަށް).
  • ތައްޔާރުކުރެވޭ މޮޑިއުލްތަކާއި، އޭޕީއައި އަދި އެޕްލިކޭޝަންތަކުގެ ފުރިހަމަކުރެވިފައިވާ ޑޮކިއުމެންޓޭޝަން (އެލްޖީއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން ފުރިހަމަކޮށް ހުށަހެޅުމަށް).
  • ފުރިހަމަކުރެވިފައިވާ ޔޫޒަރ ގައިޑްތަކާއި މެނުއަލްތައް (އެލްޖީއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން ފުރިހަމަކޮށް ހުށަހެޅުމަށް).

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި އެ ސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓްގެ  ކޮޕީ
  • ލިބިފައިވާ ކުރު މުއްދަތު ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

ނޯޓް:

  • ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓްލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.
  • ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މަޢުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  • މި މަގާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ހާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

-          ތަޢުލީމާއި ތަމްރީން: 40%

-          މަސައްކަތު ތަޖުރިބާ: 12%

-          ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): 48% 

  • މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ގާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާރކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 20 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ވަޒިފާއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތައް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އީ-މެއިލް އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މަޤާމަށް ކުރިމަތިލީ ފަރާތްތަކުން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
  • ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތަކާއި މައުލޫމާތު ސައްހަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މައުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013100 އިން ސާފުވާނެއެވެ.
13 ސެޕްޓެންބަރު 2021
ހޯދާ