މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ކޮޅުފުށީ އަންހެނުންގެކުރި އިމާރާތް ކުއްޔަށް ދޫކުރުން

އިޢުލާން

ތާރީޚް:

13 ސެޕްޓެމްބަރ 2021

ނަންބަރު:

(IUL)367-AS/367/2021/114

މ.ކޮޅުފުށީ އަންހެނުންގެކުރި އިމާރާތް ކުއްޔަށް ދޫކުރުން

                މ.ކޮޅުފުށީ އަންހެނުންގެކުރި އިމާރާތް 02 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލާއި އަދި މ.ކޮޅުފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ނިންމާފައެވެ. އިމާރާތުގެ ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކު 1500.00 (އެއްހާސް ފަސް ސަތޭކަ) ރުފިޔާއެވެ.

                މި އިމާރާތް ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި، އިމާރާތް ބައްލަވާލެއްވުމަށް 15 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 10:00 އަށް މ.ކޮޅުފުށީ އަންހެނުންގެކުރި އިމާރާތުގެ ކުރިމައްޗަށް ވަޑައިގެންދެއްވުން އެދެމެވެ. އެއަށްފަހު، 16 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި "މ.ކޮޅުފުށީ އަންހެނުންގެކުރި އިމާރާތް ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގެމަށްޓަކައި އިއުލާން ކުރީމެވެ.

13 ސެޕްޓެންބަރު 2021
ހޯދާ