ދިވެހިރާއްޖެ
ހިރިލަންދޫ ތުނޑި ސަރަހައްދު ބީޗް ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑްހުށަހެޅުމަށް ޢާންމުކޮށް ފުރުޞަތު ހުޅުވާލައިފީމެވެ.
މިމަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 13 ސެޕްޓެންބަރ 2021 ވާ ހޯމަ ދުވަހުން ފެށިގެން 20 ސެޕްޓެންބަރ 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ގެ ކުރިން މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް ރިކުއެސްޓް ފޮނުވައިގެން ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މި ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ. މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތަކުން ތިރީގައި މިދަންނަވާ ތާރީހްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
|
ތަން |
ތާރީހް |
ދުވަސް |
ގަޑި |
މައުލޫމާތު ބައްދަލުވުން |
ތ.ހިރިލަންދޫ ކައުންސިލް އިދާރާ |
20 ސެޕްޓެންބަރ 2021 |
ހޯމަ |
13:00 |
ބިޑް ހުށައެޅުން |
ތ.ހިރިލަންދޫ ކައުންސިލް އިދާރާ |
21 ސެޕްޓެންބަރ 2021 |
އަންގާރަ |
13:00 |
މިއިއުލާނާ ގުޅިގެން ހުށަހެޅޭ މައުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލްވާނެވާހަކަ ދަންނަވަމެވެ. ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.