ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރސް ގޯޅީގައިހުރި ރުއްތަކުގެ ވެރިފަރާތެއް ހޯދުން!

ވާރސް ގޯޅީގައިހުރި ރުއްތަކުގެ ވެރިފަރާތެއް ހޯދުން!

 ގދ. މަޑަވެލީ ނާޒް ގޯތީގެ އުތުރު ފަރާތުން ދިނަށަ ގެއާއި ހަމައަށް އޮންނަ ވާރސް ގޯޅީގައި، މަޑަވެލީގައިއަޅާ ނަރުދަމާ މަސައްކަތުގެ ހޮޅިލައިނެއް އެޅުމަށްޓަކައި ސާފު ކުރުމަށް ބޭނުންވާތީ، ވާރސް ގޯޅީގައި (ނަމްބަރު 1،2،3،4،5،6 ޖަހާފައި) ހުރި ފޯދުނު 06 (ހަޔެއް) ރުކުގެ ވެރިފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިރުއްގަހުގެ ވެރިފަރާތެއްވާނަމަ އެފަރާތްތަކުން 21 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރުއްގަހުގައި ޖަހާފައިވާ ނަންބަރާއެކު، ރުއްގަހުގެ ވެރިފަރާތްކަން ބަޔާންކޮށް، މިކައުންސިލަށް ލިޔުމަކުން ހުށަހެޅުން އެދެމެވެ.

މުއްދަތު ހަމަވާއިރު، ރުކުގެ ވެރިފަރާތެއްކަމަށް މަޑަވެލި ކައުންސިލަށް ހުށަހަޅާފައިނުވާ ރުއްތަކަކީ، ބަންޑާރަ ރުއްތަކެއްކަމަށް ބަލައި، މިރުއްތަކާމެދު ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ޢަމަލު ކުރެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ސެޕްޓެންބަރު 2021
ހޯދާ