ދިވެހިރާއްޖެ
މި މަރުކަޒުގެ އިއުލާން ނަންބަރ: IUL)H06-HC/2021/02) އާއި ގުޅޭ،
މި މަރުކަޒުގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުމަށް 24 އޯގަސްޓް 2021 ގައި ކުރެވުނު އިއުލާނާގުޅިގެން، 31 އޯގަސްޓް 2021 ވީ އަންގާރަ ދުވަހު ނީލަން ކިޔުމަށްފަހު ނީލަމުގައި ނުވިކި ހުރިތަކެތި، ދެވަނަ ފަހަރަށް ނީލަން ކިޔުން 20 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހު މެންދުރުފަހު 14:30 ގައި މި މަރުކަޒުގެ ގޯތިތެރޭގައި އޮންނާނެއެވެ. މިއިޢުލާނާއިއެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚަށް މި މަރުކަޒަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.