އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. ފެރިދޫ ކުޑަކުދިންގެ ޕާރކުގެ 2 (ދޭއް) ގޭޓާއި، ގަސްއިންދާ ސަރަހައްދު ހެދުމުގެ މަސައްކަތް:

                                                          ނަންބަރު: A/IUL/344/2021/32

ޢިއުލާން 

                        އއ. ފެރިދޫ ކުޑަކުދިންގެ ޕާރކުގެ 2 (ދޭއް) ގޭޓާއި، ގަސްއިންދާ ސަރަހައްދު ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

                        މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2021 ސެޕްޓެމްބަރ 12 ވާ އާދީއްތަ ދުވަހުން ފެށިގެން 2021 ސެޕްޓެމްބަރ 16  ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ  ކުރިން [email protected] އަށް ނުވަތަ އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާއަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021 ސެޕްޓެމްބަރ 22 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި މި ކައުންސިލްގެ އިދާރާގައެވެ.

                        މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 2021 ސެޕްޓެމްބަރ 16 ވާ  ބުރާސްފަތި ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްމެދުވެރިކޮށް ނުވަތަ އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

5 ޞަފަރު 1443

12 ސެޕްޓެންބަރު 2021
ހޯދާ