ދިވެހިރާއްޖެ
ސުރުހީގައި ދެންނެވި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަމްބަރ: IUL)236-IED/236/2021/12) (17 އޮގަސްޓް 2021) އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތައް ބޮޑުކަމަށްފެންނާތީ އެ އިޢުލާން ބާތިލްކޮށް މިދެންނެވި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، ސުރުހީގައި ދަންނަވާފައިވާ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ގަޑި |
ދުވަސް |
ތާރީޚް |
ތަން |
ތަފްޞީލް |
10:00 |
ހޯމަ |
20 ސެޕްޓެމްބަރ 2021 |
މ.އަތޮޅު ކައުންސިލްގެ އިދާރާ |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
10:00 |
ހޯމަ |
27 ސެޕްޓެމްބަރ 2021 |
މ.އަތޮޅު ކައުންސިލްގެ އިދާރާ |
އަންދާސީ ހިސާބު ހުށަހެޅުން |
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި ފޯމު ހުށަހެޅުއްވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.