ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުގެ ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރއަށް ބޭނުންވާ އެސެސްމެންޓް ޓޫލްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން
ނަންބަރު: TENDER/HMH/2021/026
މިހޮސްޕިޓަލުގެ ޗައިލްޑް ޑިވަލޮޕްމެންޓް ސެންޓަރަށް ބޭނުންވާ އޮންލައިންކޮށް ގަންނަންޖެހޭ އެސެސްމެންޓް ޓޫލްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ތަކެތި ހޯދުމާއި ގުޅޭ މައުލޫމާތު ޝީޓް މި އިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ރެޖިސްޓްރޭޝަން: |
މިބީލަމުގައި ރެޖިސްޓްރީވުމަށް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް 16 ސެޕްޓެމްބަރ 2021 ގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކުރައްވަން ވާނެއެވެ. ޓެންޑަރގައި ރަޖިސްޓްރީ ވެވުނުކަމަށް ބަލަންވާނީ މި ހޮސްޕިޓަލުން ރެޖިސްޓްރީ ވިކަމުގެ މެއިލް ކޮންފޮމޭޝަން ދިނުމުންނެވެ. މެއިލް ކޮންފޮމޭޝަން ދިނުމުގެ އެންމެ ފަހު ވަގުތަކީ 16 ސެޕްޓެމްބަރ 2021 ގެ 14:00 އެވެ. ބިޑުގައި ރަޖިސްޓްރީ ވެ ނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
|
އަންދާސީ ހިސާބު ހުށަހެޅުން: |
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ހުޅުމާލެ ހޮސްޕިޓަލުގެ މީޓިންގް ރޫމުގައެވެ. އަދި ބިޑުތައް ހުޅުވާނީ ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ. |
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 22 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350152 / 3350113
އީ-މެއިލް: [email protected]
09 ސެޕްޓެމްބަރ 2021
ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް