ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ މަގާމަށް މީހަކު ހޯދުމަށް

(IUL)120-C/1/2021/57:ނަންބަރު

  އިޢުލާނު

 

މަގާމު:

ޑިރެކްޓަރ

މަގާމުގެ ނަންބަރު:

J-146660

ބޭނުންވާ އަދަދު:

01 (އެކެއް)

މަގާމުގެ ގިންތި:

ދާއިމީ

މަގާމުގެ ރޭންކު:

އީ.އެކްސް. 1

މަގާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް/ ކ. މާލެ

މުސާރަ:

މަހަކު 8835.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 1,100.00 ރުފިޔާ
  2. އިތުރުގަޑީގެ ފައިސާ:  އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަޖެޓާއި ފައިސާއާބެހޭ ސެކްޝަން އެކުލެވިގެންވާ ފައިނޭންޝަލް މެނެޖްމަންޓް ޔުނިޓާއި، އެޗް. އާރު ޔުނިޓުގެ އެންމެހާ މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން
  2. މުވައްޒަފުންގެ މުސާރައާއި ޢިނާޔަތް ކަނޑައެޅިފައިވާ ތާރީޚަށް މުވައްޒަފުންނަށް ދިނުމުގެ އިންތިޒާމު ހަމަޖައްސައި ޤަވާއިދުން ބެލެހެއްޓުން
  3. މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހާ ކަމެއް ކުރުވައި ބެލެހެއްޓުން
  4. މި ޑިޕާޓްމަންޓުން އިންތިޒާމުކޮށް ހިންގާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިމްތިޙާނުތަކާ ގުޅިގެން ޚަރަދުކޮށްގެން ކުރަންޖެހޭ ހުރިހާ ކަމެއް، އިމްތިޙާނު ހިންގުމާ ޙަވާލުވެތިބޭ މުވައްޒަފުންނާއި މަޝްވަރާ ކޮށްގެން އިންތިޒާމު ކުރުމާއި، އެފަދަ ޚަރަދުތައް ކުރުމުގެ ކުރިން ހޯދަން ޖެހޭ ހުއްދަ ހޯދުމާއި ކުރަންޖެހޭ އެގްރީމެންޓް ކުރުންފަދަ އެންމެހާ ކަމެއް ކުރުން.
  5. މި ޑިޕާޓްމަންޓުން އިންތިޒާމުކޮށް ހިންގާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިމްތިޙާނުތަކާ ގުޅިގެން އޮފީހަށް ލިބެންޖެހޭ ފައިސާގެ މިންވަރު އިމްތިޙާނު ހިންގުމާ ޙަވާލުވެތިބޭ މުވައްޒަފުންނާއި މަޝްވަރާ ކޮށްގެން ކަނޑައަޅައި ލިބެންޖެހޭ ފައިސާ، އިމްތިޙާނު ބޭއްވުމުގެ ކުރިން ހޯދުން
  6. އައި.ޓީ ޔުނިޓުގެ މަސައްކަތް ރާވާ މުވައްޒަފުންގ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި ފަންނީ ގޮތުން އޮފީހުގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ގެންނަންޖެހޭ ބަދަލުތައް ގެނައުން
  7. ބަޖެޓާއި ފައިސާއާބެހޭ މުޢާމަލާތުތައް މާލިއްޔަތު ޤާނޫނު/ ޤަވާޢިދާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރު ކުރުމާއި މިއާ ޚިލާފަށް ކަމެއް ހިނގާކަން އެގިއްޖެނަމަ، ވަގުތުން އެކަމެއް އިސްވެރިޔާގެ ސަމާލުކަމަށް ގެނައުން
  8. ބަޖެޓުން ޚަރަދު ކުރުމުގެ އެންމެހާ ކަމެއް ހަމަޖެހިފައިވާ ޤަވާޢިދުތަކާ އެއްގޮތަށް ކުރުވައި ބެލެހެއްޓުން
  9. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާބެހޭ އެންމެހާ ކަމެއް ކުރުވައި ބެލެހެއްޓުން
  10. މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ރާވާ ހިންގައި ބެލެހެއްޓުން
  11. މި ޑިޕާޓްމަންޓަށް އާމްދަނީއާއި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާ ބަލައިގަތުމާއި، އެ ފައިސާ އެކައުންޓަށް ޖަމާކުރުމުގެ ކަންތައް ހަމަޖެހިފައިވާ ޤަވާޢިދުތަކާ އެއްގޮތަށް ކުރުވައި ބެލެހެއްޓުން
  12. ފައިސާގެ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާޢިދުން ފޮނުވާ ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން
  13. މި ޑިޕާޓްމަންޓަށް ހޯދަންޖެހޭ ތަކެތި ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހިގާ ނުހިގާ ގޮތް ބެލެހެއްޓުން
  14. މިޑިޕާޓްމަންޓުން ދޭ ޚިދުމަތްތަކަށް ބޭނުންވާ ޕްރޮގްރާމުތައް ހެދުމަށް ބޭނުންވާ މަޢުލޫމާތު ހޯދާ އެއްކުރުން

މަގާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި  މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި  މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެކައުންޓިންގ
  2. އެޑްމިނިސްޓްރޭޝަން
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  4. ކޮމްޕިއުޓަރ ސައިންސް
  5. ފައިނޭސް
  6. ހިއުމަން ރިސޯސް މެނޭޖްމަންޓް
  7. މެނޭޖްމަންޓް
  8. ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕްރިފަރޑް ޑިސިޕްލިންގ:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  1. ބިޒްނަސް މެނޭޖްމަންޓް
  2. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

މަގާމުގެ ކޯ ޑިސިޕްލިންގ:

-

މަގާމުގެ މަސައްކަތުގެ ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ސެޕްޓެމްބަރ 16 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް، ހ. އަސްރަފީވިލާ (މަޖިދީމަގު) 2 ވަނަ ފަންގިލާއަށެވެ. ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީމެއިލް ކުރާނަމަ އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، އީމެއިލް ކުރުން އެދެމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނާއި، ޕްރެޒެންޓޭޝަން އަދި އިންޓަވިއު އޮންނާނީ، 2021 ސެޕްޓެމްބަރ 22 އާއި 30 އާ ދެމެދުގެ ތާރީޚެއްގައެވެ. އިމްތިހާނު އޮންނާނެ ތަނާއި، ތާރީޚާއި ގަޑި އަދި އިމްތިހާނާ ގުޅޭ އިތުރު މަޢުލޫމާތު އިމްތިހާނު ބޭއްވުމުގެ 48 ގަޑިއިރު ކުރިން ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އެންގޭނެއެވެ.

''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)'' ޢާންމު ކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް) ޢާންމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިޑިޕާޓްމަންޓަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4003977 އަށެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަން ކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu)  އިން ލިބެން ހުންނާނެއެވެ.

05 ޞަފަރު 1443

12 ސެޕްޓެންބަރު 2021
ހޯދާ